logo
ސިނަމާލެ ބުރިޖުގައި ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުގެ ވެސް، ރައީސްގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިޙުތާރުމުކުރުން: ތަރުޖަމާނު ހުސައިން ޝަރީފު

އައިޝަތު އިނާޝާ
14 މޭ 2026 - 10:38
ސަރުކާރުގެ ވެސް، ރައީސްގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިޙުތާރުމުކުރުން: ތަރުޖަމާނު ހުސައިން ޝަރީފު

 ޤާނޫނަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް މުއައްސަސާއަކުން، އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެ ކަމަށާއި ސަރުކާރުގެ ވެސް، ރައީސުލްޖުމްހޫރިއްޔާގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިޙުތާރުމުކުރެއްވުން ކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޙުސައިން ޝަރީފް މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، 10 މޭ 2026 ގައި ކްރިމިނަލް ކޯޓުން ނެރުއްވި، ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލުނުކުރުމަށް އަންގައި ކުރާ އަމުރާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ޤާނޫނަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް މުއައްސަސާއަކުން، އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅުއްވާނެކަމުގެ ޔަޤީންކަން، އިސް ތަރުޖަމާނު ދެއްވިއެވެ. އެހެންނަމަވެސް، ހުރިހާ ފަންނެއްގެ ބޭފުޅުންނަށްވެސް، އެބޭފުޅެއްގެ ފަންނުގެ ތެރެއިން ލިބިވަޑައިގަންނަވާ ޙައްޤުތަކާއި، އިޚުތިޔާރުތަކާއި، ބާރުތަކާއި، ޒިންމާތައް ހުންނާނޭކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. އަދި، ސަރުކާރުގެ ވެސް، ރައީސުލްޖުމްހޫރިއްޔާގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިޙުތާރުމުކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވައި، އަދުލުއިންސާފުގެ ނިޒާމު ކުޑައިމީސްވާނޭ ގޮތަށް، ނުވަތަ އެ ބޭފުޅުންގެ ބާރު ކެނޑޭނޭ ގޮތަށް، ނުވަތަ އެ ބޭފުޅުންނަށް އޮންނަ ޤާނޫނީ ބާރުތައް ހަނިވާގޮތަށް، މި ސަރުކާރުން ޢަމަލު ނުކުރައްވާނޭކަމުގެ ޔަޤީންކަން ޙުސައިން ޝަރީފް ދެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރަންސްތަކުގައި، އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަށަވަރުކުރެއްވިކަމުގައިވިޔަސް، ކޯޓު އަމުރާ ގުޅޭ ކަންކަން ތަންފީޒުކުރައްވާނީ، ކަމާ ގުޅުންހުރި ތަންފީޒީ އިދާރާތަކުންކަމުގައި ޙުސައިން ޝަރީފް ވިދާޅުވިއެވެ.

އަދި 10 މޭ ގައި ކްރިމިނަލް ކޯޓުން ނެރުއްވި ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލުނުކުރުމަށް އަންގައި ކުރާ ޢަމުރާ ގުޅިގެން އޮޅުން އަރާ ފަދަ ކަމެއް އޮތްނަމަ، އެކަން ސާފުކުރަން ހުށަހަޅަން ޖެހޭ އުސޫލުގެ މަތިން ހުށަހަޅައި، އެކަން ސާފުކުރެއްވުމަށް ޙުސައިން ޝަރީފް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

16 ނޫސްވެރިންނާއެކު މިއަދު ކުރިއަށްގެންދަވާފައި ވަނީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ގެ ހަތަރު ވަނަ ބައްދަލުވުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ވެސް، ރައީސްގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިޙުތާރުމުކުރުން: ތަރުޖަމާނު ހުސައިން ޝަރީފުޚަބަރު | ގަޑިއިރެއް ކުރިން