logo
Bank of Maldives

Bank of Maldives

ޚަބަރު

ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރެއް މާދަން ރާއްޖެ އަންނަނީ

އައިޝަތު ނަޝާ
16 މޭ 2026 - 16:28
ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރެއް މާދަން ރާއްޖެ އަންނަނީ

ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނާއި ގުޅުމަށް ފިންލޭންޑްގެ ތަޖުރިބާކާރުންތަކެއް މާދަމާ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް މިމަހުގެ 14 ވަނަ ދުވަހު ފައިބާފައިވަނީ އިޓަލީގެ 5 ފަތުރުވެރިންނެވެ. ދިވެހި އެއްވެސް ޑައިވަރަކާ ނުލާ އެ ފަތުރުވެރިން ޑައިވިންއަށް ފައިބާފައިވާއިރު، އެމީހުންގެ ހަބަރެއް ނުވެގެން އެމީހުން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅިގެން، ގެއްލުނު މީހުން ހޯދުމަށް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން މަޑުޖައްސައިލައި، ބޭރުގެ މާހިރުންގެ އެހީތެރިކަން ހޯދުމަށް އެކި ފަރާތްތަކުން އަންނަނީ ގޮވައިލަމުންނެވެ.

އެ އޮޕަރޭޝަނާއި ގުޅޭގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، އެ އޮޕަރޭޝަނާއި ގުޅުމަށް ތިން މެންބަރުންގެ ޓީމެއް ރާއްޖެ އައުމަށް ފުރާފައިވާ ކަމަށެވެ. މިއީ އިޓަލީ ސަރުކާރުން، ހޯދި ބައެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، އެއީ "ބޭން" ކިޔާ ކުންފުންޏެއްގެ ބައެއް ކަމަށާއި އެއީ ވަރަށް މަޝްހޫރު، އަދި މިކަހަލަ ޑައިވްތަކަށް ވަަރަށް ތަޖުރިބާހުރި ފިންލޭންޑްގެ ބައެއް ކަަމަށެވެ.

"މިވަގުތަށް ދިމާވި، ހާދިސާއާ ގުޅިގެން، އިތުރު ރިސްކެއްވެސް އޮތް ކަަމަކަށް ވުމާއެކު، މިވަގުތުން، މިވަގުތަށް އެމްއެންޑީއެފް އިން އެބަ އިން ވިދާޅުވެފައި އޮޕަރޭޝަން ސަސްޕެންޑް ކުރެއްވީއޭ. މާދަމާ އެ މީހުން އައީމަ އެ މީހުންނާއެކު އެ ބޭފުޅުން ތިއްބަވައިގެން ކުރިއަށްދާނެ މަގެއް ކަނޑައަޅުއްވާނެ، ދެން ކަންތައް ކުރަންވީ ގޮތެއް، އޮޕަރޭޝަން ކުރިއަށްދާންވީ ގޮތެއް." މުންދު

މި ޙާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ.

މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ބޭރުންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރެއް މާދަން ރާއްޖެ އަންނަނީޚަބަރު | 2 ގަޑިއިރު ކުރިންނިޔާވި ސިފައިންގެ މީހާގެ ކަށުނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައިޚަބަރު | 4 ގަޑިއިރު ކުރިންމަރުޙޫމް މުޙައްމަދު މަހުދީ ގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 7 ގަޑިއިރު ކުރިންހާލު ދެރަވެގެން ގެނައި އެމްއެންޑީއެފް އޮފިސަރ ނިޔާވެއްޖެޚަބަރު | 8 ގަޑިއިރު ކުރިން