logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްދޫގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

އަޙްމަދު ޒަލީފް
14 އޮކްޓޯބަރު 2024 - 10:18
ރަސްދޫގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

އއ. ރަސްދޫގެ ބޭރުގައި ސްނޯކަލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިޔަކު އިއްޔެ މަރުވެއްޖެއެވެ.

އެއީ އެ ރަށުގެ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 27 އަހަރުގެ ޗައިނާ ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ، އެއީ ރަސްދޫ ކައިރީ އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކެލިންއަށް ގޮސް އުޅުނު މީހެއް ކަމަށެވެ.

ރަސްދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ވިދާޅުވީ، އޭނާ މަރުވިކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 11:22 ގައި ކަމަށެވެ. އެ ރަށު ހެލްތު ސެންޓަރަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ވިދާޅުވެއެވެ

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްދޫގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެޚަބަރު | އަހަރެއް ކުރިންރަސްދޫގައި ފިހުނު ދެމަފިރިންނަށް ފަރުވާ ދޭން އިންޑިއާގެ ދެ ސްޕެޝަލިސްޓުން ރާއްޖެ ގެނެސްފިޚަބަރު | އަހަރެއް ކުރިންފިހުނު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ބައްދަލުކުރައްވައިފިޚަބަރު | އަހަރެއް ކުރިންދެމަފިރިން ފިހުނު މައްސަލައިގެ ތަޙުޤީޤެއް ހިންގަނީ ޚަބަރު | އަހަރެއް ކުރިން