logo
MPL

MPL

ޚަބަރު

ރަސްދޫގައި ފިހުނު ދެމަފިރިންނަށް ފަރުވާ ދޭން އިންޑިއާގެ ދެ ސްޕެޝަލިސްޓުން ރާއްޖެ ގެނެސްފި

ހުސައިން ވަސީމް
30 މާރިޗު 2025 - 13:58
ރަސްދޫގައި ފިހުނު ދެމަފިރިންނަށް ފަރުވާ ދޭން އިންޑިއާގެ ދެ ސްޕެޝަލިސްޓުން ރާއްޖެ ގެނެސްފި

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ދެމަފިރިންގެ ފަރުވާ އަށް އެކަމަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އިން ބޭރުން ގެނެސްފި އެވެ.

އއ. ރަސްދޫގައި މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ދެމީހުންގެ ހާލުވެސް ސީރިއަސްވެ ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައެވެ. އަލިފާނުގެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައިވަނީ 31 އަހަރުގެ ފިރިހެނަކާއި އަންހެނަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ދެމަފިރިންނަށް ފަރުވާ ދިނުމަށްޓަކާ މިހާރު ވަނީ ރާއްޖޭން ބޭރުން އެކަމަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއް ގެނެސްފަ އެވެ. އައިޖީއެމްއެޗް އިން ބުނީ އެ ދެމީހުންނަށް ފަރުވާދިނުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާން ސްޕެޝަލިސްޓު ދެ ޑޯކްޓަރުން މިހާރު ރާއްޖެ އައިސް މިހާރު ފަރުވާ ދޭން ފަށަފައިވާ ކަމަށެވެ.

އެ އަލިފާނުގެ ހާދިސާ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗުންބުނީ އެ ދެމީހުންގެ ގައިގެ ވަރަށް ބޮޑު ބައެއް ފިހިފައިވާކަމަށާއި، ހާލު ސީރިއަސްކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްދޫގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެޚަބަރު | 2 އަހަރު ކުރިންރަސްދޫގައި ފިހުނު ދެމަފިރިންނަށް ފަރުވާ ދޭން އިންޑިއާގެ ދެ ސްޕެޝަލިސްޓުން ރާއްޖެ ގެނެސްފިޚަބަރު | 2 އަހަރު ކުރިންފިހުނު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ބައްދަލުކުރައްވައިފިޚަބަރު | 2 އަހަރު ކުރިންދެމަފިރިން ފިހުނު މައްސަލައިގެ ތަޙުޤީޤެއް ހިންގަނީ ޚަބަރު | 2 އަހަރު ކުރިން