logo
Bank of Maldives

Bank of Maldives

ޚަބަރު

ފިހުނު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ބައްދަލުކުރައްވައިފި

އަޙްމަދު ޒަލީފް
26 މާރިޗު 2025 - 16:53
ފިހުނު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ބައްދަލުކުރައްވައިފި

އއ. ރަސްދޫގައި ކޮޓަރިއެއް ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނުު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ބައްދަލުކުރައްވައިފި އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އައިޖީއެމްއެޗަށް ވަޑައިގެން އާއިލާއާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސަރުކާރުގެ ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓްކުރައްވައިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެމަފިރިންގެ ހާލު ވަރަށް ސީރިއަސް އެވެ. އުމުރުން 31 އަހަރުގެ ދެ މީހުނަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްްއެޗުން އިއްޔެ ބުނެފައިވެ އެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، އެ ދެމީހުންގެ ގައިގެ ވަރަށް ބޮޑު ބައެއް ފިހިފައިވާކަމަށާއި، ހާލު ސީރިއަސްކަމަށެވެ. އަދި އެމީހުން ސަލާމަތްވާނެ ކަމުގެ އުންމީދު ނެތް ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. 

އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މިހާދިސާ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެ އޮސްޓްރޭލިއާ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދެނީޚަބަރު | އަހަރެއް ކުރިންފިޔޯރީއާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި ޚަބަރު | އަހަރެއް ކުރިންރަސްދޫގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެޚަބަރު | އަހަރެއް ކުރިން