logo
MPL

MPL

ޚަބަރު

ނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޖުލައި 2026 - 20:04
ނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި

"މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމަށް ބާއްވާ ސިލްސިލާ ރަސްމިއްޔާތުތަކުގެ ތިންވަނަ ދަންފަޅި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ކުރިއަށްދިޔަ މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގެންނެވުމުން، އެމަނިކުފާނަށް ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. އަދި މި ރަސްމިއްޔާތުގެ ތެރެއިން ދަރިވަރުންގެ ފަރާތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައި، ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރޭގެ ދަންފަޅީގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މަތީ އަރުތަ ހޯދި 304 ދަރިވަރުންނަށް އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްފައިވެއެވެ.

މި ދަރިވަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ އިސްމާޢީލް ޝަފީޢު އާއި ދައުލަތުގެ އިސްވެރިންނެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތަކީ މަތީ ޘާނަވީ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައާއި ގައުމީ ފެންވަރުގައި ރަންވަނަތައް ހާސިލުކުރާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތެކެވެ.

މި އަހަރުގެ އިނާމު ދިނުމުގެ ހަފުލާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ އަޑު އެއްސެވުމަށް ފަހު، ސިޔާސަތުތައް ބައްޓަން ކުރެއްވެމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ: ނައިބު ރައީސްޚަބަރު | 38 މިނިޓު ކުރިންއިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، އިތުރު ކުރިއެރުމަށް އެދެން: ނައިބު ރައީސްޚަބަރު | 15 ދުވަސް ކުރިންނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 2 މަސް ކުރިންފެންވަރު ރަނގަޅު ދަތުގެ ފަރުވާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެކަން ސަރުކާރުން ކަށަވަރުކޮށްދޭނެ: ނައިބު ރައީސްޚަބަރު | 2 މަސް ކުރިން