logo
Bank of Maldives

Bank of Maldives

ރިޕޯޓް

އދ. ގެ އެސްޖީ އަކަށް އަންނަ ދައުރެއްގައި އަންހެނަކު އައްޔަންކުރަން ރާއްޖެއިން ގޮވާލައިފި

މެންދުރު ޓީމް
26 ސެޕްޓެމްބަރު 2026 - 04:09
އދ. ގެ އެސްޖީ އަކަށް އަންނަ ދައުރެއްގައި އަންހެނަކު އައްޔަންކުރަން ރާއްޖެއިން ގޮވާލައިފި

އެކުވެރި ދަޢުލަތްތަކުގެ ޖަމިއްޔާ، އދ. ވުޖޫދަށް އައިތާ އަށްޑިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ޖަމިއްޔާގެ އެންމެ އިސް މަޤާމު ސެކްރެޓަރީ ޖެނެރަލް ކަން 9 ބޭފުޅުން ފުރުއްވާފައިވެއެވެ. އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހެނީ މި ދިގު ތާރީޙުގައި އަންހެން ކަނބަލަކު މި މަޤާމް ފުރުއްވާފައި ނުވާ ކަމެވެ. މި ތާރީޚީ ހެކި މިއަދު ސުވާލަކަށް ބަދަލުކޮށްލީ ދުނިޔޭގެ ކުދި ބޮޑު ޤައުމުތަކުގެ ކުރިމަތީގައި އަޅުގަނޑުމެން ދިވެހިން ފަހުރުވެރިވާ މި ދިވެހި ރާއްޖެއިންނެވެ. އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގެ ޖެނެރަލް އެސެމްބްލީ ހޯލުގައި ދިވެހި ރާއްޖެ ތަމްސީލްކުރައްވާ ތަޤްރީރު ކުރައްވަމުން ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވަނީ، އދ. ގެ އެންމެ އިސް ލީޑަޝިޕްގައި އަންހެނުންގެ ދައުރު އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާ އދ.ގެއަންނަ ދައުރެއްގެ ސެކްރެޓަރީ ޖެނެރަލް ގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރުމަށް ހަރުއަޑުން ގޮވާލައްވާފައެވެ.

"މިއީ މި ޖަމްޢިއްޔާގެ އިސްވެރިޔަކަށް އަންހެން ބޭފުޅަކު އައްޔަންކުރަންވީ ވަގުތު. އެއްވެސް އިސްތިސްނާއެއް ނެތި އދ. ގެ ޗާޓަރު ދިފާޢުކުރައްވާނެ ލީޑަރެއް. އިސްލާޙުތައް ޙަޤީޤީ ނަތީޖާއަކަށް ބަދަލުކޮށްދެއްވާނެ ލީޑަރެއް. އަދި އެންމެ ކުދި ޤައުމުތައް ހިމެނޭހެން، ހުރިހާ މެންބަރު ޤައުމުތަކުގެ އަޑުއައްސަވާނެ ލީޑަރެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތްފަހުން އަންހެނުންގެ ތަރައްޤީއަށް ގިނަ ގުނަ މަސައްކަތްތަކެއް ޤައުމީފެންވަރުގައިވެސް ދަނީ ކުރައްވަމުންނެވެ. އެގޮތުން ވިޔަފާރިއާއި އިޤްތިސާދް ކުރިއެރުވުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މާލީ ފުދުންތެރި ބަޔަކަށް ހެދުމަށް އަންހެނުންނަށް ޙާއްސަ ލޯނު އެހީގެ ސްކީމްތައް ސަރުކާރުން ތައާރަފްކޮށްފައިވެއެވެ. ފަށާ މަދަދު ސްކީމުގެ ދަށުން ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި   (ފަސް ލައްކަ) 500،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބެ އެވެ. އަދި ލޯން ދައްކާ ހަލާސްކުރުމަށް ހަތް އަހަރުގެ މުއްދަތެއް ލިބެ އެވެ.އަދި ރަށުކައުންސިލް ތަކުގައި ހިމެނޭ އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ ތަރައްޤީއަށް ދަނީ މަސައްކަތްކުރަމުންނެވެ.  އެގޮތުން ކޮމިޓީ މެމްބަރުންނަށް ދެމުންދިޔަ އިނާޔަތް ބޮޑޮކޮށް، މުސާރައަކަށް ބަދަލުކުރެއްވިއެވެ.

މި ބަދަލާއިއެކު އަންހެނުން ކޮމިޓީ މެމްބަރުންނަށް ބޭންކުތަކުން ލޯނު ހޯދަން ފަސޭހެވެ، އަދި ފުރަތަމަ ފަހަރަށް ރޯދަ އިނާޔަތް ހަމަޖައްސާދެއްވިއެވެ. އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ރޫހާއި އެއްގޮތަށް އަންހެނުންނަށް ފަހި ފުރުސަތު ހޯދައިދިނުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ފަހަރަށް ހުކުރު ހުތުބާއެއް އަންހެންބޭފުޅަކު ލިޔުނީވެސް ރައީސް ޑރ މުއިއްޒުގެ ސަރުކާރުގައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެންބޭފުޅަކަށް ހަމަޖެހިގެން ދިޔައީ މި ސަރުކާރުގައެވެ. އަދި ވަޒީރު ފެންވަރުން ފެށިގެން ސަރުކާރުގެ އިސް މަޤާމްތަކުގައި ކަނބަލުން ތިބިކަން ފާހަގަކޮށްލަން ޖެހެއެވެ.  އެ ގޮތުން މީރާ އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ކަމުގެ މަޤާމަށް ފުރަމަތަމަ ފަހަރަށް އަންހެން ބޭފުޅުން އައްޔަނުކޮށްފައި ވަނީ ރައީސް މުއިއްޒުގެ ޒަޢާމަތުގައެވެ. އަދި ދިވެހި ރާއްޖެ ބައިނަލް އަޤްވާމީ މަސްރަހުގައި ތަމްސީލް ކުރެއްވުމަށް އެންމެ އިސް މަޤާމްތަކުގައި ތިއްބެވީ އަންހެން ބޭކަނބަލުންނެވެ. މިވަގުތު ފޮރިން މިނިސްޓަރަކަށް ހުންނެވީވެސް އަންހެން ބޭކަނބަލެކެވެ. އަދި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ފޮރިން ސެކްރެޓަރީއެއް އައްޔަނު ކުރީވެސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައެވެ.

އަންހެނުންގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އަންހެނުން މަދުވުމެވެ.  މިކަމަށް ރިއާޔަތްކޮށް މަޖިލީހުގައި މެންބަރުން ތިބޭ ނިސްބަތް ކަނޑައެޅުމުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައެޅުމާއި ގުޅޭ އިސްލާހެއް ގެނައުމަށް ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

"އެއްކަމަކީ މަޖިލީސް މެންބަރުގެ އަދަދުގެ ތެރޭގައި ވަކި އިންސައްތައެއް އެއީ 30 އަހަރުންގެ ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން. މިހާރު ނޯންނާނެ ވަކި އިންސައްތައެއް ޒުވާނުންނަށް ހެދުން މަޖުބާރުވާކަށެއް. އެހެންވީމަ މަޖިލީސް މެންބަރުންގެ ތެރެއިން ދިރާސާކޮށްގެން ނިންމާ އަދަދެއް އަޅުގަނޑުމެން ގަސްތުކުރަނީ އެއީ ޒުވާނުން ގޮތުގައި ކަނޑައަޅަން. ހަމަ އެފަދައިން ވަކި އިންސައްތައެއް އެއީ އަންހެނުން ކަމަށް ކަނޑައަޅަން. ކައުންސިލް ކޮމްޕޮޒިޝަންގައި އެބައޮތް އަދަދެއް އަންހެނުން އެހެނަސް އެމްޕީސްއަކަށް ނެތް." ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވިއެވެ.

އދގެ. އަންނަ ދައުރެއްގެ ސެކްރެޓަރީ ޖެނެރަލް ގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރުމަށް ރާއްޖެއިން ގޮވާލުމަކީ އަންހެނުން ބާރުވެރިކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް ޤައުމީ ފެންވަރުގަޔާއި ބައިނަލް އަޤްވާމީ ފެންވަރުގައި ވިދަމުންދާ ކަމުގެ ހެއްކެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމަށް، ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައްވައިފިޚަބަރު | 12 ގަޑިއިރު ކުރިންއދ. ގެ އެސްޖީ އަކަށް އަންނަ ދައުރެއްގައި އަންހެނަކު އައްޔަންކުރަން ރާއްޖެއިން ގޮވާލައިފިރިޕޯޓް | 19 ގަޑިއިރު ކުރިން އދ. ގެ އެންމު މަޖިލީހުގެ ބަހުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 4 ދުވަސް ކުރިން އާ ލީޑަރޝިޕާއެކު ޕާޓީއަށް އާރޯކަމާއި ފާގަތިކަން އަންނާނެ: ނައިބު ރައީސްޚަބަރު | 10 ދުވަސް ކުރިން