logo
MPL

MPL

ޚަބަރު

މުދައްރިސުންގެ ދައުރު އަދާކުރުމުގައި އެ ފަރާތްތަކަށް ދިމާވާ އާ ގޮންޖެހުންތަކާއެކު އެއްބާރުލުން ދޭންޖެހޭ: ނައިބު ރައީސް

އަޙުމަދު ރިޝާން
5 އޮކްޓޯބަރު 2026 - 08:17
މުދައްރިސުންގެ ދައުރު އަދާކުރުމުގައި އެ ފަރާތްތަކަށް ދިމާވާ އާ ގޮންޖެހުންތަކާއެކު އެއްބާރުލުން ދޭންޖެހޭ: ނައިބު ރައީސް

 ކިޔަވައިދިނުމުގައި ކުރިމަތިވާ އާ ގޮންޖެހުންތަކާއެކުވެސް މުދައްރިސުންގެ ދައުރު އަދާކުރުމުގައި އެ ފަރާތްތަކަށް ކޮންމެ މީހަކުވެސް އެއްބާރުލުން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެންގެ ދަރިންނާއި ގައުމުގެ މުސްތަގުބަލު ބައްޓަންކޮށް، ދަރިން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުން ކުރާ ބުރަ މަސައްކަތް އަބަދުވެސް ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަކުން ކުރައްވާ މުހިންމު މަސައްކަތްތަކުގައި އެންމެންގެ ޝުކުރާއި އެއްބާރުލުން ހައްގު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓީޗިން ދާއިރާ ކުރިއަރައިގެން އަންނައިރު އައު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެ ގޮންޖެހުންތަކާއެކުވެސް މުދައްރިސުންގެ ދައުރު އަދާކުރުމުގައި އެ ފަރާތްތަކަށް ކޮންމެ މީހަކުވެސް އެއްބާރުލުން ދޭންވާނެ ކަމަށާއި، މުދައްރިސުން ބާރުވެރިކުރުވަންޖެހޭ ކަމަށެވެ. މީގެއިތުރުން، މުދައްރިސުންނަށް އެއްބާރުލުން ދިނުމަކީ ގައުމުގެ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓެއްގެ ގޮތުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދައްރިސުންގެ ދައުރު އަދާކުރުމުގައި އެ ފަރާތްތަކަށް ދިމާވާ އާ ގޮންޖެހުންތަކާއެކު އެއްބާރުލުން ދޭންޖެހޭ: ނައިބު ރައީސްޚަބަރު | ގަޑިއިރެއް ކުރިންނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 3 މަސް ކުރިންރާއްޖެ އޮސްޓްރޭލިއާ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދެނީޚަބަރު | އަހަރެއް ކުރިންފިޔޯރީއާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި ޚަބަރު | އަހަރެއް ކުރިން