logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ އޮސްޓްރޭލިއާ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދެނީ

ހުސައިން ވަސީމް
2 ޖޫން 2025 - 14:16
ރާއްޖެ އޮސްޓްރޭލިއާ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދެނީ

ދިވެހިރާއްޖެއާ އޮސްޓްރޭލިއާ ފަތުރުވެރިކަމުގެ ދާއިރާއާއި ދިފާއި ދާއިރާގެ ގުޅުން ބަދަހިކުރުމާއިބެހޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު، ރިޗާޑް މާލްސް، މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބޮޑުވަޒީރުގެ ނައިބު ވަނީ، ދެޤައުމުގެ މެދުގައި ދިފާޢީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި، ދެޤައުމުގެ ތިމާވެށީގެ ނާޒުކުކަމާއި ތިމާވެށި ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މޫސުމީ ބަދަލުތަކާއި އޭގެ ގޮންޖެހުންތަކާއި ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ފާހަގަކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ދެގައުމުގެ ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކޮށް، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

މި ދަތުރުފުޅަކީ 2 ޖޫންއިން ފެށިގެން 5 ޖޫންގެ ނިޔަލަށް ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިއާ އަދި އިންޑޮނޭޝިއާގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅަކީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ޑިޕްލޮމެޓިކް އަދި ދިފާޢީ ގުޅުންތައް ބަދަހިކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެ އޮސްޓްރޭލިއާ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދެނީޚަބަރު | އަހަރެއް ކުރިންފިޔޯރީއާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި ޚަބަރު | އަހަރެއް ކުރިންފިހުނު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ބައްދަލުކުރައްވައިފިޚަބަރު | އަހަރެއް ކުރިން