"ކޮލެބް 26 ހެކަތަން" އިފްތިތާހްކޮށްފި
18 މޭ 2026 - 06:02

ބީއެމްއެލްއާއި މައިންޑްކޯ ގުޅިގެން މުޅިން އަލަށް ތައާރަފްކުރި "ކޮލެބް 26 ހެކަތަން" މިއަދު އިފްތިތާހްކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ގެ އިތުރުން ބީއެމްއެލްގެ ސިއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝަރީފް ،އަދި މައިންޑް ކޯ ގެ މެނޭޖިންގް ޑިރެކްޓަރ ސައީދާ އުމަރު ވެސް ބައިވެރިވަޑައިގެންނެވެއެއެވެ.

Ad by Hajj Corporation
ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު،ނުވަތަ މޯލްޑިވްސް އޭއައި ލެބް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މޯލްޑިވްސް 2.0 ގެ އެޖެންޑާގެ ދަށުން ތައާރަފް ކުރެވުނު ލެބެކެވެ.
އަދި މި ސެންޓަރަކީ ސަރުކާރުގެ އެކި އިދާރާތަކުން ބޭނުންވާ އޭއައި ހައްލުތައް ނިޒާމީ ގޮތަކަށް ގެނައުމަށް މަސައްކަތް ކުރާނެ ތަނެކެވެ. އެތަނުގެ ތެރެއިން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ފައިދާ ކުރަނިވި މަސައްކަތުގެ ދުވެހި ހަލުވި، ވާނެ އޭއައި ހައްލުތަކަށް މަގުފަހިކޮށް މި ހައްލުތައް ގުޅި ލާމެހިފައިވާ ގޮތަކަށް މަސައްކަތް ކުރާކަން ކަށަވަރުކުރުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭގިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ،ބީއެމްއެލްއާއި މައިންޑްކޯ ގުޅިގެން އަލަށް ތައާރަފްކުރި ކޮމްޕިޓެންސީ ސެންޓަރުގެ މަޤްޞަދަކީ، އުނގެނުމާއި، ގުޅިގެން މަސައްކަތްކުރުމާއި، ތަޖުރިބާކުރުމާއި، އަދި އައު އީޖާދުތަކަށް ފުރުސަތުތަކެއް ހުޅުވާލައިގެން، އަލަށް އުފެދޭ މިފަދަ ޓެކްނޮލޮޖީތަކަށް ޤައުމީ ފެންވަރުގައި އަހުލުވެރިވުމަށް އެހީތެރިވެދިނުންކަމަށްށެވެ.

އަދި އަމާޒަކީ އައު އީޖާދުތަކާއެކު މުޅި ރާއްޖޭއަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށްދިނުންކަމަށް ވެސް ޝަރީފް ވިދާލުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން ޓެކްނޮލޮޖީ ދެކެނީ ހަމައެކަނި ހިންގުމުގެ ނިޒާމު ހަރުދަނާކުރާ ވަސީލަތެއްގެ ގޮތުގައިނޫންކަމަށާއި، އޭގެ ބަދަލުގައި، މިއީ އިޤުތިޞާދީ ގޮތުން އެންމެން ބައިވެރިކުރުވުމަށާއި ދުރު ރާސްތާގެ ތަރައްޤީއަށް ޤައުމީ ފެންވަރުގައި މަގުފަހިކޮށްދޭ މުހިންމު ބާރެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.

ޤައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްގެ ދައުރަކީ ހަމައެކަނި މާލީ ޚިދުމަތްތައް ފޯރުކޮށްދިނުން ނޫންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ޤައުމީ ކުރިއެރުމަށް އެހީތެރިވުމާއި، އިޤުތިޞާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމާއި، އަދި އައު އީޖާދުތަކުގެ ސަބަބުން މުޅި ރާއްޖޭގެ މުޖުތަމަޢުތަކަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށްދިނުމަކީ އެ ބޭންކުގެ މަސްއޫލިއްޔަތެއްކަމަށެވެ.
އަދި ކޮލެބް 26 ހެކަތަން' ފަދަ ހަރަކާތްތަކުން އަމަލީ ގޮތުން ބޭނުންކުރެވޭނެ އީޖާދީ މަސައްކަތްތަކަށް ހިތްވަރުލިބި، ޤައުމީ ގޮންޖެހުންތަކަށް ހަޤީޤީ ހައްލުތަކެއް ހޯދުމަށް އައު ޚިޔާލުތަކަށް ފުރުސަތު ލިބިގެންދާނެކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.


