logo
MPL

MPL

ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާޅުގެ އުސްމިން 6 ފޫޓަށް އުފުލިދާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖެއަށް އަންނަނީ މައިގަނޑު ދެމޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. އާންމުކޮއް ރާއްޖެއަށް ބޮޑައް ވިއްސާރަ ކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރު މަުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.

މިހާރު ހިނގަމުން މިދަނީ ކެތި ނަކަތުގެ ދުވަސްތަކެވެ. މިއީ ހުޅަނގު މޫސުމުގެ ތިންވަނަ ނަކަތެވެ. ޢާންމުގޮތެއްގައި އުޑުމަތި ބަނަވާނެއެވެ. ދޭތެރެދޭތެރެއިން ވާރޭ ވެހޭނެއެވެ. އިހުގައި މީހުން ޤަބޫލުކުރާގޮތުން މި ނަކަތުގައި ހަތް ކޮޅިގަނޑެއް ލައިގަންނާނެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިގެން އަންނާނީ މި ނަކަތުންނެވެ.

މި ނަކަތުގައި އެވްރެޖްކޮށް 4.41 އިންޗީގެ ވާރޭ ވެހޭނެއެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް 20.37 ކިލޯމީޓަރުގައެވެ. އެވްރެޖްކޮށް އަވިދީފަ އޮންނާނީ 97.4 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން: ކުރިއަށް އޮތް 24 ގަޑިއިރު އެކިހިސާބުތަކަށް ވިއްސާރަ ކުރާނެޚަބަރު | 10 ދުވަސް ކުރިންމިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ބޯކޮށް ވާރޭ ވެހޭނެޚަބަރު | 12 ދުވަސް ކުރިންކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެޚަބަރު | 13 ދުވަސް ކުރިންރާއްޖޭގެ އެކި ސަރަހައްދަށް ގުގުރުމާ އެކު ވިއްސާކުރާނެޚަބަރު | 16 ދުވަސް ކުރިން