އަޟްޙާ ޢީދުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފި
އައިޝަތު އިނާޝާ
27 މޭ 2026 - 05:57

އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސަޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ.
ބަރަކާތްތެރި އަޟްޙާ ޢީދާ ގުޅިގެން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސަޖިދާ މުޙައްމަދު ވަނީ އަޟްޙާ ޢީދުގެ ތަހުނިޔާ އާއި މުބާރަކުބާދީ އެންމެހާ އަޚުންނާ އުޚުތުންނަށް ފޮނުއްވާފައެވެ.
އެކަމަނާގެ ޕޯސްޓުގައި އީދު ދުވަހަކީ ލޯތްބާއި ކުލުނުން ފުރިގެންވާ ދުވަހެއް ކަމުގައި ލެއްވުން އެދި ދުއާ ކުރެއްވިއެވެ.

Ad by Hajj Corporation
ޢީދު ފާހަގަކުރުމަށް ދިވެހި ސަގާފީ ކުޅިވަރުތަކާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ކުލަގަދަކޮށް އަންނަނީ، ފޯރީގައި ޢީދު ފާހަގަކުރަމުންނެވެ.


