logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީގައުމެއްގެ ގޮތުގައި، 9 ގަރުނު ހޭދަކުރުމަކީ އެހެން ގައުމަކަށް ލިބިފައިނުވާ ފަހުރެއް: މެޑަމް ސާޖިދާ

އަޙުމަދު ރިޝާން
13 ސެޕްޓެމްބަރު 2026 - 07:32
 އިސްލާމީގައުމެއްގެ ގޮތުގައި،  9 ގަރުނު ހޭދަކުރުމަކީ އެހެން ގައުމަކަށް ލިބިފައިނުވާ ފަހުރެއް: މެޑަމް ސާޖިދާ

ދިވެހިރާއްޖެ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ފުރިގެންދިޔުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާފަދަ ފަޚުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިން މިހާތަނަށްވެސް ދެމިތިބީ އެއްބައިވަންތަކަމުގެ މަތިވެރި ނަމޫނާއެއްގެ ގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ހިޖުރައިން 548 ވަނަ އަހަރު (މީލާދީން 1153) ރާއްޖޭގެ ރަސްކަލުން އިސްލާމްދީން ޤަބޫލުކުރެއްވުމާއެކު މުޅި ޤައުމު އިސްލާމްދީނަށް ބަދަލުވެގެންދިޔައީ، މޮރޮކޯގެ މަޝްހޫރު ޢިލްމުވެރިޔާ އަބުުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ރާއްޖެއަށް ގެނެސްދެއްވި ދީނީ ހިދާޔަތުގެ ސަބަބުންނެވެ. މި މަތިވެރި ނިޢުމަތަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމުން، ދިވެހިން އަބަދަށްމެ އިސްލާމީ ހިދާޔަތުގައި ލެހެއްޓެވުމަށް އެކަމަނާ ދުޢާކުރެއްވިއެވެ.
ރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން ދިވެހިރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެންކަމަށާއި، ޤާނޫނުތަކުގެ މައިގަނޑު އަސާސަކީ އިސްލާމީ ޝަރީޢަތްކަން ފާހަގަކޮށް، ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީގައުމެއްގެ ގޮތުގައި، 9 ގަރުނު ހޭދަކުރުމަކީ އެހެން ގައުމަކަށް ލިބިފައިނުވާ ފަހުރެއް: މެޑަމް ސާޖިދާޚަބަރު | ގަޑިއިރެއް ކުރިންއަޟްޙާ ޢީދުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފިޚަބަރު | 4 މަސް ކުރިން