logo
Bank of Maldives

Bank of Maldives

ޚަބަރު

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސާއި ބޮޑުވަޒީރަށް

އައިޝަތު އިނާޝާ
28 މޭ 2026 - 07:23
އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ  ތަހުނިޔާ ރައީސާއި ބޮޑުވަޒީރަށް

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް، އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު، ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސް އަލިޔެވް އަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 20 އަހަރު ފުރުމުގެ މުނާސަބާ ކުޑަތަންވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރުގެ ތަރަހައިގެ މަތީގައި ޤާއިމުކޮށްފައިވާ ހަރުދަނާ ގުޅުން، ކުރިއަށްއޮތްތަނުގައިވެސް ބަދަހިވަމުންދާނޭކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޮޑުވަޒީރު އަސަދޮވް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރެވިފައިވާ ހަރުދަނާ، ސާބިތު ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދެ ޤައުމުން ހިއްސާކުރާ ފަހުމުތަކާއި، އެކުގައި ކުރާ މަސައްކަތްތައް އިތުރުކުރުމަށް ދޭ އަހުމިއްޔަތުން، މި ހަރުދަނާ ގުޅުން ސާބިތުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން މަސްލަހަތު ހިއްސާކުރާ ކަންކަމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރާ މިންވަރު އިތުރުވެގެންދާނޭކަމުގެ ޔަޤީންކަން އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އަޒަރުބައިޖާންގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި އުފާފާގަތިކަމަށް އެދިވަޑައިގެން، އަޒަރުބައިޖާންގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައި މި ޝުއޫރުތައް ތަކުރާރުކުރައްވައި، އަޒަރުބައިޖާން މިނިވަންވި ފަހުން އެ ޤައުމުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، އެ ޤައުމުގެ ތަރައްޤީ ބައްޓަންކުރަމުންދަނީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ގޮތުގައި 28 މޭ ފާހަގަ ކުރަނީ، 1918 ވަނަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު، އަޒަރްބައިޖާން ޑިމޮކްރެޓިކް ރިޕަބްލިކް ޤާއިމުކުރި މުނާސަބަތާ ގުޅިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސާއި ބޮޑުވަޒީރަށްޚަބަރު | ގަޑިއިރެއް ކުރިންޢީދުގެ ޙަޤީޤީ ޖައުހަރަކީ، ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކުރުން: ރައީސްޚަބަރު | ދުވަހެއް ކުރިންޢީދުގައި އާލާވާ އެއްބައިވަންތަކަމަކީ ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދަމަހައްޓައިދޭނެ ބާރެއް: ރައީސްޚަބަރު | 2 ދުވަސް ކުރިންރައީސް، ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފިޚަބަރު | 3 ދުވަސް ކުރިން