logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީ އަށް ބާރެއް ލިބުމުން އީދުގައި މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކަނޑުވާލައިފި: އަރީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މޭ 2026 - 16:17
އަރީޝް
އަރީޝް

އެމްޑީޕީ އަށް ބާރެއް ލިބުމުން އީދުގައި މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކަނޑުވާލާފައިވާކަން ފާހަގަކުރަށްވައި، އެމްޑީޕީއަށް ކިރިޔާވެސް ބާރެއް ލިބުމުން ކަންކަން ބަދަލުވެގެންދާ ގޮތުގެ ކުޑަ މިސާލެއް މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީސް ދައްކަވައިފިއެވެ.

އަރީސް މިކަން ފާހަގަކުރައްވާފައިވަނީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަރީސް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިގެންދިޔަ ފުރަތަމަ އީދަކީ މިއީއެވެ. މިއީ މާލޭގެ މާހައުލަށް އައިސްފައިވާ ބޮޑު ބަދަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

 

View post on Twitter

 

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އަރީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވިއިރު، މުޅި ގްރޭޓަރ މާލެ ސަރަޙައްދުގެ އެކި ހިސާބުތަކުން ތަކުބީރުގެ މާތް އަޑު ގުގުމަމުންދިޔަ ކަމަށެވެ. އަދި ޕީއެންސީގެ ކައުންސިލުން އެ އާދަ މެދުނުކެނޑި ހިފަހައްޓަމުން ގެންދިޔަ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް މިއަދު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެއް ކަމަށާއި، މާލެއިން އެ އަޑު ކެނޑި މުޅި މާހައުލު ބަދަލުވެފައިވާ ކަމަށް އަރީސް ވިދާޅުވިއެވެ.

 "މިއީ އެމް.ޑީ.ޕީ އަށް ކިރިޔާވެސް ބާރެއް ލިބުމުން ކަންކަން ބަދަލުވެގެންދާ ގޮތް،" އަރީސްގެ ޕޯސްޓުގައި ވިދާޅުވެފަވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ އަށް ބާރެއް ލިބުމުން އީދުގައި މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކަނޑުވާލައިފި: އަރީސްޚަބަރު | ގަޑިއިރެއް ކުރިންރައީސް މުޢިއްޒުގެ މޭޔަރުކަމުގައި އެއްވެސް ބިމެއް ވިއްކާފައެއްނުވޭ: ޑެޕިއުޓީ މޭޔަރުޚަބަރު | 5 މަސް ކުރިން