logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާ ގުގުރުން އެކަށީގެންވޭ: މެޓް

ޒިދާން މުޙައްމަދު
1 ޖޫން 2026 - 16:16
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި

ބައެއް ރަށްތަކަކަށް ކެރީގެ އަސަރުކުރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މޫސުން ލަފާކޮށް ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މިހާރު މިއީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ރޯނު ނަކަތެވެ. މި މޫސުމުގައި ގަދަވަޔާއެކު ވިއްސާރަކުރާނެއެވެ.

މިއީ ދިވެހިންގެތެރޭގައި މަޝްހޫރު ޖޫންޖުލައިގެ ވިއްސާރަ ފެށޭ ނަކަތެވެ. ކަނޑުތައް ވަރަށް ގަދަވާނެއެވެ.

ޢާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. މި ނަކަތުގައި އެވްރެޖްގޮތެއްގައި 4.7 އިންޗިއަށް ވާރޭ ވެހޭނެއެވެ. ވައިޖެހޭނީ ގަޑިއަކު އެވްރެޖްކޮށް 24.08 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަވިދޭނީ އެވްރެޖްކޮށް 89.3 ގަޑިއިރުއެވެ. މި ނަކަތުގައި ވެސް މަސްވެރިކަން ދަށްވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން:މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ!ޚަބަރު | 2 ދުވަސް ކުރިންބައެއް ސަރަހައްދަށް ހުދު ސަމާލު - ކުރިއަށް ވެސް މޫސުން ގޯސްޚަބަރު | 2 ދުވަސް ކުރިންވިއްސާރަ އަލިވާން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން: މެޓްޚަބަރު | 4 ދުވަސް ކުރިންބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާ ގުގުރުން އެކަށީގެންވޭ: މެޓްޚަބަރު | 5 ދުވަސް ކުރިން