logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ކޮމާންޑުތަކުގެ ޢަދަދު 17 އިން 14 އަށް ދަށްކޮށް، އިދާރީ އޮނިގަނޑަށް ބަދަލެއް

ފުލުހުންގެ ކޮމާންޑުތަކުގެ ޢަދަދު 17 އިން 14 އަށް ދަށްކޮށް، އިދާރީ އޮނިގަނޑަށް ބަދަލެއް

ފުލުހުންގެ ކޮމާންޑުތަކުގެ ޢަދަދު 17 އިން 14 އަށް ދަށްކޮށް، އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެ މުއައްސަސާ އިން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް 2026 ޖޫން 1 ވަނަ ދުވަހު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލު ތަކަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި ގެނެވޭ ބަދަލު ތަކެއް ކަމަށާއި މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މި އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ.

މި އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:

އޮފީސް އޮފް ދަ ކޮމިޝަނަރ

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް

ޕްރޮފެޝަނަލް ސްޓެންޑަރޑްސް

ނޭޝަނަލް އިންޓެލިޖެންސް ސަރވިސް

އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް

ފޮރެންސިކް ސަރވިސަސް

ސެންޓްރަލް އިންވެސްޓިގޭޝަންސް

މާލޭ ޕޮލިސް

ހުޅުމާލޭ ޕޮލިސް

ނޮދަން ޕޮލިސް

ސަދަން ޕޮލިސް

ސަރވިސް ޑިވެލޮޕްމަންޓް

ސަރވިސް ސަޕޯޓް

ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ.

މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ކޮމާންޑުތަކުގެ ޢަދަދު 17 އިން 14 އަށް ދަށްކޮށް، އިދާރީ އޮނިގަނޑަށް ބަދަލެއްޚަބަރު | ގަޑިއިރެއް ކުރިންމިލަންދޫގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ، ގެއްލުންތަކެއް ލިބިއްޖެޚަބަރު | 4 ގަޑިއިރު ކުރިންކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންބަދުއަޚުލާގީ ޢަމަލު ފެންނަ ވީޑިއޯއެއް ދައުރުކުރި މައްސަލައެއް، ތުހުމަތު ށ.ގޮއިދޫ އިމާމަށްޚަބަރު | ދުވަހެއް ކުރިން