logo
Bank of Maldives

Bank of Maldives

ޚަބަރު

ބަދުއަޚުލާގީ ޢަމަލު ފެންނަ ވީޑިއޯއެއް ދައުރުކުރި މައްސަލައެއް، ތުހުމަތު ށ.ގޮއިދޫ އިމާމަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޖޫން 2026 - 03:30
ބަދުއަޚުލާގީ ޢަމަލު ފެންނަ ވީޑިއޯއެއް ދައުރުކުރި މައްސަލައެއް، ތުހުމަތު ށ.ގޮއިދޫ އިމާމަށް

ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރި މައްސަލައަކާ ގުޅިގެން ތަޙުޤީޤު ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ޒިންމާދާރު މަޤާމެއްގައި ހުރި މީހަކު މިފަދަ ވީޑިއޯއެއް ހިއްސާކުރުމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ށ. ގޮއިދޫ އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލަ އާއި އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުންކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އަޑުފެތުރިފައިވާގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ރަށު މިސްކިތުގެ އިމާމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން އެ އިމާމު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސްކްރީން ޝޮޓުތަކުން ފެންނަ ގޮތުގައި، އެ އިމާމު ވަނީ ވައިބާ ގްރޫޕަކަށް އެ ވީޑިއޯ ފޮނުވާފައެވެ.

މި މައްސަލައަކީ ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަދުއަޚުލާގީ ޢަމަލު ފެންނަ ވީޑިއޯއެއް ދައުރުކުރި މައްސަލައެއް، ތުހުމަތު ށ.ގޮއިދޫ އިމާމަށްޚަބަރު | ގަޑިއިރެއް ކުރިންތަހުގީގު ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ އޮފިސަރުންގެ އަގުވަޒަންކޮށްފިޚަބަރު | 18 ގަޑިއިރު ކުރިންގެމަނަފުށީގައި ދެ ބިދޭސީއަކު ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފިޚަބަރު | ދުވަހެއް ކުރިންލޯންޗެއް ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދަނިކޮށް މީހުން ސަލާމަތްކޮށްފިޚަބަރު | ދުވަހެއް ކުރިން