logo
Bank of Maldives

Bank of Maldives

ޚަބަރު

ގެމަނަފުށީގައި ދެ ބިދޭސީއަކު ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 މޭ 2026 - 02:33
ގެމަނަފުށި، ފޮޓޯ: ގެމަނަފުށި އިންސްޓަގްރާމް ޕޭޖު
ގެމަނަފުށި، ފޮޓޯ: ގެމަނަފުށި އިންސްޓަގްރާމް ޕޭޖު

ގއ. ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެކަކު އަނެކަކަށް ހަމަލާދީ އެކަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 މެއި 30 ވީ ބުރާސްފަތި ދުވަހުގެ ރޭ 23:00 އެހައިކަންހާއިރުއެވެ. މި މާރާމާރީ ހިންގާފައި ވަނީ ތޫނު ހަތިޔާރު ބޭނުންގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގއ. ގެމަނަފުށީ ސިއްޚީ މަރުކަޒުގައެވެ. ނަމަވެސް، ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާ ބޭނުންވާތީ، އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގައެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގް ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެމަނަފުށީގައި ދެ ބިދޭސީއަކު ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފިޚަބަރު | ގަޑިއިރެއް ކުރިންލޯންޗެއް ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދަނިކޮށް މީހުން ސަލާމަތްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއާޓިފިޝިއަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރިއެއް ހިނގައިފި!ޚަބަރު | 12 ގަޑިއިރު ކުރިންފުވައްމުލަކުގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓު އަމުރެއް!ޚަބަރު | 2 ދުވަސް ކުރިން