logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯންޗެއް ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދަނިކޮށް މީހުން ސަލާމަތްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 މޭ 2026 - 02:06
ލޯންޗު ފަޅައިގެން މީހުން ކަނޑުވެފައި، ފޮޓޯ: ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯގެ ސްކްރީންޝޮޓެއް
ލޯންޗު ފަޅައިގެން މީހުން ކަނޑުވެފައި، ފޮޓޯ: ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯގެ ސްކްރީންޝޮޓެއް

އއ. އަތޮޅުން ފުރައިގެން ދަތުރުކުރި ލޯންޗެއް ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދަނިކޮށް، އޭގައި ތިބި މީހުން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދަނިކޮށް 2026 މެއި 30 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގުމާ ގުޅިގެން ލޯންޗުގެ ވެރިފަރާތުން ވަނީ ވަގުތުން އެ ސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާފައެވެ. ދިޔަވަމުންދިޔަ ލޯންޗުގައި އެ ވަގުތު ތިބި 20 މީހުން ވަނީ އެހީތެރިކަމަށް ދިޔަ ލޯންޗަށް ރައްކާތެރިކަމާއެކު ބަދަލުކޮށްފައެވެ. މި ހާދިސާގައި ސަލާމަތްކުރި މީހުންގެ ތެރޭގައި ފަތުރުވެރިންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

އުޅަނދުގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ލޯންޗުން ސަލާމަތްކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އުޅަނދުގެ ވެރިފަރާތުން ކަށަވަރުކޮށްދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ލޯންޗު ފަރަށް އެރުމުގެ ސަބަބުން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވެއެވެ. އަދި ލޯންޗު ބަންޑުން ޖަހާލާފައި އޮތް މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ހާދިސާ ހިނގި ވަގުތު ލޯންޗުން ދަތުރުކުރި މީހުން ތިބީ އެކި އެއްޗެހީގައި ހިފަހައްޓައިގެން ކަނޑުމަތީގައި ކަމަށް ވީޑިއޯއިން ފެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޮލިސް މެމޯރިއަލް ޑޭ: ފުލުހުންގެ އަގުހުރި ޚިދުމަތާއި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެއްރިޕޯޓް | ދުވަހެއް ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންމާރާމާރީއެއްގެ މައްސަލާގައި ތުހުމަތުވާ މިސްރު ދެމީހަކު ޑީޕޯޓް ކޮށްލަނީޚަބަރު | 2 ދުވަސް ކުރިންއަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން މީހާގެ ހާލަތަށް ބަލައި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަނީޚަބަރު | 3 ދުވަސް ކުރިން