logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

މެމްބަރުން ހަމަނުވެގެން ޑިމޮކްރެޓްސް އާއި ލޭބަރ ޕާޓީ އުވާލައިފި

މެމްބަރުން ހަމަނުވެގެން ޑިމޮކްރެޓްސް އާއި ލޭބަރ ޕާޓީ އުވާލައިފި

ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ ދެ ޕާޓީއަށް ވެސް 3000 މެންބަރުން ހަމަވެފައިނުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ޖޫން 3 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އަދި ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީތައް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެމްއެލްއެސްޑީޕީ އަކީ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަޤްޞަދުގައި ޤާނޫނީ ވަކީލު ޢަބްދުﷲ ހަސީން އިސްވެ ހުންނަވައިގެން 2019 ވަނަ އަހަރު ރަޖިސްޓްރީ ކުރި ޕާޓީއެކެވެ. މި ޕާޓީ، މީގެ ކުރިން ވެސް 2022 ވަނަ އަހަރު މެންބަރުން ހަމަނުވެގެން އުވާލާފައެވެ. ނަމަވެސް އެ ފަހަރު ޕާޓީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ކޯޓުން ނިންމީ އުވާލުން ޤާނޫނާ ޚިލާފު ކަމަށެވެ. އެއާއެކު ޕާޓީ އަލުން ދަފްތަރުގައި ހިމެނި ނަމަވެސް، 3000 މެންބަރުން ވަނީ ހަމަނުވެފައެވެ.

ދަ ޑިމޮކްރެޓްސް އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރު ވެރިކަންކުރި އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި އުފެއްދި ޕާޓީއެކެވެ. އެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް ރިޔާސީ ރޭހުގައި ވާދަކޮށްފައިވީނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ގިނަ ފަރާތްތައް މިހާރުވަނީ އެނބުރި އެމްޑީޕީ އާ ގުޅިފައެވެ. އޭގެތެރޭގައި ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނަން ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންއައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 62 އިންސައްތަ މީހުން ވޯޓުލައިފިޚަބަރު | 9 ގަޑިއިރު ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 14 ގަޑިއިރު ކުރިން