logo
Bank of Maldives

Bank of Maldives

ޚަބަރު

ފިޗުން ކްރެޑިޓް ރޭޓިން މަތިކުރުމަކީ މި ސަރުކާރުގެ ހަރުދަނާ ލީޑަޝިޕްގެ ނަތީޖާ: ވަޒީރު ސައީދު

އައިޝަތު ނަޝާ
4 ޖޫން 2026 - 09:25
ފިޗުން  ކްރެޑިޓް ރޭޓިން މަތިކުރުމަކީ މި ސަރުކާރުގެ ހަރުދަނާ ލީޑަޝިޕްގެ ނަތީޖާ: ވަޒީރު ސައީދު

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ، ގޮންޖެހުންތައް ބޮޑު ދުވަސްވަރެއްގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އަދި ޒިންމާދާރު ލީޑަޝިޕްގެ ނަތީޖާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއް ކަމަށެވެ.

View post on Twitter

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ މާލީ އިޤްތިޞާދީ ހަމަޖެހުން ގާއިމްކުރުުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އަލުން ރާއްޖެއަށް ލިބިފައިވާ ކަމަށާއި، މި ކާމިޔާބީއަށްޓަކައި ރައީސް ޑރ. މުޢިއްޒަށް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން ކުރިމަތިކުރުވި ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވީ ހަރުދަނާ ސިޔާސަތުތަކެއް ކަމަށެވެ. އަދި މިއަދު މިކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ފިޗްގެ ރޭޓިން މަތިވުމަކީ އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބޭރުގެ ފަރާތްތަކުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށާއި، މި ރޭޓިންއާއެކު ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަން އިތުރަށް ވަރުގަދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިޤްތިޞާދީ ބާރުމިނެއްގައި ކުރިއަރާނެއެވެ. ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އައު ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިޗުން ކްރެޑިޓް ރޭޓިން މަތިކުރުމަކީ މި ސަރުކާރުގެ ހަރުދަނާ ލީޑަޝިޕްގެ ނަތީޖާ: ވަޒީރު ސައީދުޚަބަރު | 2 ގަޑިއިރު ކުރިންއޮމާނުން ތެޔޮ ހޯދުމަކީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއް: ފިޗްޚަބަރު | 7 ގަޑިއިރު ކުރިންފިޗުން، ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފިޚަބަރު | 19 ގަޑިއިރު ކުރިންއާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް ރަނގަޅުވާތީ ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ދަމަހައްޓައިފިޚަބަރު | އަހަރެއް ކުރިން