logo
MPL

MPL

ވިޔަފާރި

ކްރެޑިޓް ރޭޓިންއަށް ލިބުނު ކުރިއެރުމަކީ ސަރުކާރުން ގެނެސްފައިވާ ރެވެނިއު ސައިޑް ރީފޯމްތައް: ސާއިދު

ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ކްރެޑިޓް ރޭޓިންއަށް ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ގެނެސްފައިވާ ރެވެނިއު ސައިޑް ރީފޯމްތައް ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު ސާއިދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މީގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބޭރު ފައިސާއާއި ގުޅޭގޮތުން ގާނޫނުގެ ދަށުން ތަންފީޒުކުރާ ކަންތައްތައް ހިމެނޭކަމަށެވެ. އަދި މިއަހަރަކީ ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންތަކެއް އައި އަހަރެއް ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު މެދު ރާސްތާގައި "ރޯބަސްޓްލީ" ނުވަތަ ވަރުގަދަކޮށް ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން މާލީ ވުޒާރާގެ އެސެސްމެންޓްތަކުންވެސް އިޤްތިޞާދު ރިބައުންޑްވެ، ރަނގަޅު މިސްރާބަކަށް ދަތުރުކުރާނެ ލަފާކުރެވޭ ކަމަށާއި ފިޗުގެ ރިޕޯޓުގައި ރާއްޖޭގެ ދަރަނީގެ ޒިންމާތައް އަދާނުކުރެވިދާނެ ކަމުގެ ހިރާސް ކުޑަކަން ފާހަގަކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މީގެ ސަބަބެއްގެ ގޮތުގައި ސާއިދު ފާހަގަކުރެއްވީ ދައުލަތުގެ އާމްދަނީ އުފުލިފައިވުމާއި، ޚަރަދުތައް ކޮންޓްރޯލްކުރުމުގެ ފުރުސަތު ފަހިވެފައި އޮތުމެވެ.

ކުރިއަށް އޮތް ތަނުގައި ރޭޓިން މަތިކުރުމަށް ބަލާނެ މިންގަނޑުތަކަށް އަލިއަޅުވާލައްވަމުން، ސާއިދު ވަނީ ދައުލަތުގެ ރަސްމީ ރިޒާވް އިތުރުވުމާއި، ކުރު އަދި މެދު ރާސްތާގައި ޚަރަދުތައް ހިފެހެއްޓިފައި ހުރުމަކީ ރޭޓިންގ މަތިވުމަށް މަގުފަހިވާނެ ކަންތައްތައް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންގޮސް، މާލީ ހަމަޖެހުން ގާއިމުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް، ވޭމަންޑޫ ހޮސްޕިޓަލް އަޅަން 9.7 މިލިއަން ޑޮލަރުޚަބަރު | 6 ދުވަސް ކުރިންދައުލަތުގެ އިދާރާތަކުން ނުދައްކާ ހުރި ބިލްތައް މީރާގެ ޓެކުހަށް ބަދަލުކޮށް އަޅައިކެނޑޭނެ މަގު ފަހިކޮށްދީފިޚަބަރު | 9 ދުވަސް ކުރިންދައުލަތުގެ އާމްދަނީ 33 ބިލިއަން ރުފިޔާ ހުރަސްކޮށްފި، އެންމެ ބޮޑު ކުރިއެރުމެއް ޓެކުހުންޚަބަރު | 9 ދުވަސް ކުރިންކަސްޓަމްސްގެ މާލީ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރަނީޚަބަރު | 10 ދުވަސް ކުރިން