logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފި

އައިޝަތު އިނާޝާ
5 ޖޫން 2026 - 06:33
މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފި

ގްރޭޓަރ މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރއޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮޮލިސް ފަރުހާދު ފިކުރީއާއި، މި ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި، ކޮމިޝަންޑު އޮފިސަރުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

 ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. ސީނިއަރ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 156 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 28 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 61 ފުލުހުންނާއި، ސީނިއަރ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 67 ފުލުހުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފިޚަބަރު | 2 ގަޑިއިރު ކުރިންފެރިދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 2 ދުވަސް ކުރިންމާޅޮހު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 3 ދުވަސް ކުރިންފުލުހުންގެ ކޮމާންޑުތަކުގެ ޢަދަދު 17 އިން 14 އަށް ދަށްކޮށް، އިދާރީ އޮނިގަނޑަށް ބަދަލެއްޚަބަރު | 3 ދުވަސް ކުރިން