logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއިން އީރާނުގެ ޑްރޯންތަކެއް ވައްޓާލުމުން އީރާނުން ކުވޭތާއި ބަހުރޭނަށް ހަމަލާދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖޫން 2026 - 01:20
އެމެރިކާއިން އީރާނުގެ ޑްރޯންތަކެއް ވައްޓާލުމުން އީރާނުން ކުވޭތާއި ބަހުރޭނަށް ހަމަލާދީފި

އެމެރިކާ ސިފައިން ހޯމުޒް ކަނޑުއޮޅީގެ ހަރަކާތްތައް ބެލުމަށް ފޮނުވާފައިވާ އީރާނުގެ ހަތަރު ޑްރޯންއެއް ވައްޓާލުމުން، މެދުއިރުމަތީގައި އޮތް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، އީރާނުން ކުވޭތާއި ބަހުރޭނަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ، އީރާނުގެ ގޭޝްމް އައިލެންޑް އަދި ގޯރޫކްގައި ހުރި ރޭޑާ ސައިޓްތަކާއި އަސްކަރީ ކޮންޓްރޯލް ސްޓޭޝަންތަކަށް ހަމަލާދީފައެވެ. މީގެ އިތުރުން، ހޯމުޒް ކަނޑުއޮޅިއާ ދިމާލަށް ދަތުރުކުރި އީރާނުގެ ހަތަރު ޑްރޯންއެއް އެމެރިކާއިން ވަނީ ވައްޓާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމުގެ ރައްދުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ ކުވޭތާއި ބަހުރޭނަށް އަމާޒުކޮށް 30 އެއްހާ ބެލިސްޓިކް މިސައިލާއި ޑްރޯން ފޮނުވާލާފައެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ސަރަހައްދުތަކަށެވެ. އެގޮތުން ބަހުރޭނުގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓް ހިމެނޭ ސަރަހައްދަށާއި، ކުވޭތު އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ އެމެރިކާގެ ލޮޖިސްޓިކްސް ހަބެއް ކަމަށްވާ "ކާގޯ ސިޓީ" އަށް ވަނީ ހަމަލާދީފައެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ގައުމުގެ މަންދޫބުން ވަނީ ސުލްހައިގެ ވާހަކަތައް މެދުކަނޑާލާފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ވާހަކަތައް "ވަރަށް ރަނގަޅަށް" ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް، ރަސްމީ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ "ވަރަށް ހަރުކަށި ގޮތަކަށް" މި މައްސަލަ ހައްލުކުރަން އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއިން އީރާނުގެ ޑްރޯންތަކެއް ވައްޓާލުމުން އީރާނުން ކުވޭތާއި ބަހުރޭނަށް ހަމަލާދީފިދުނިޔެ | 2 ގަޑިއިރު ކުރިންމަޝްވަރާތައް ކުރިއަށްދާކަމަށް ޓްރަމްޕް ވިދާޅުވާއިރު، އެފަދަ މަޝްވަރާއެއް ނުހިނގާކަމަށް އީރާނުން ބުނެފިދުނިޔެ | 3 ދުވަސް ކުރިންވާހަކަތަކުން ވަކިވެ އީރާނުން ޓްރަމްޕަށް އިންޒާރު، ތެލުގެ އަގު އުފުލިއްޖެދުނިޔެ | 4 ދުވަސް ކުރިންއީރާނުގެ އެއްބަސްވުމާ މެދު 'ފަހުގެ ނިންމުން' ނިންމުމަށް ޓްރަމްޕް ބައްދަލުވުމެއް ބާއްވައިފިދުނިޔެ | 7 ދުވަސް ކުރިން