logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 62 އިންސައްތަ މީހުން ވޯޓުލައިފި

މަރިޔަމް މާޙީ
6 ޖޫން 2026 - 11:43
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 62 އިންސައްތަ މީހުން ވޯޓުލައިފި

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވުމާ ގުޅިގެން މިއަދު ބޭއްވި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 62 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އިންތިޚާބުގައި ޖުމްލަ 2,563 މީހުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 62.19 އިންސައްތައެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 1,370 އަންހެނުންނާއި 1,193 ފިރިހެނުންނެވެ. މި އިންތިޚާބުގައި ވޯޓު ނުލާ 1,558 މީހުން ތިބިއިރު، އެއީ 37.81 އިންސައްތައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމިޝަނުން ބުނި ގޮތުގައި މި ބައި-އިލެކްޝަންގައި ޖުމްލަ 4,121 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވެއެވެ. އަދި އިންތިޚާބަށްޓަކައި ޖުމްލަ 4,154 ވޯޓު ކަރުދާސް ޗާޕުކޮށްފައިވެއެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ މާލެ އާއި އައްޑޫ ސިޓީ ހިތަދޫގައެވެ. އެގޮތުން މާލޭގެ ދަރުމަވަންތަ ސްކޫލުގައި 2 ވޯޓު ފޮށި ބެހެއްޓިއިރު، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި 5 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ސަޢީދާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޢަބްދުﷲ ޞާދިޤެވެ.

މި ގޮނޑި ހުސްވީ ކުރިން އެ ދާއިރާގެ މެންބަރަކަށް ހުންނެވި މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް، މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުން މިރޭ ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 62 އިންސައްތަ މީހުން ވޯޓުލައިފިޚަބަރު | 2 ގަޑިއިރު ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 7 ގަޑިއިރު ކުރިންހިތަދޫ ބައި-އިލެކްޝަން، އެޗްއާރްސީއެމް އިން މޮނިޓަރ ކުރާނެޚަބަރު | 9 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފިޚަބަރު | 9 ގަޑިއިރު ކުރިން