logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނަން ފަށައިފި

ޒިދާން މުޙައްމަދު
6 ޖޫން 2026 - 13:20
އިންތިޚާބެއްގެ ވޯޓް ގުނުން ކުރިއަށް ދަނީ --
އިންތިޚާބެއްގެ ވޯޓް ގުނުން ކުރިއަށް ދަނީ --

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނަން ފަށައިފިއެވެ.

މާލޭގެ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށާފައިވަނީ ހަވީރު 5:40 ހާއިރުގައެވެ. އައްޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް 5:00 ޖެހިއިރު ބަންދުކޮށް، 05:30 ހާއިރުވަނީ ވޯޓު ގުނަން ފަށާފައެވެ. ވޮޓު ގުނާ ނިމޭނެކަމަށް ބެލެވެނީ 7:00 ހާއިރުގައެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ހަވީރު 4:00 ޖެހުމާ ހަމައަށް ކުރިއަށްގެންދިއުމަށް ނިންމާފައި އޮތްނަމަވެސް، ވޯޓުލާން ގިނަ އަދަދެއްގެ މީހުން ކިޔޫގައި ތިބުމުގެ ސަބަބުން އިލެކްޝަން ކޮމިޝަނުންވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކޮށްފައެވެ.

މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއްވަނީ ބަހައްޓާފައެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަކީލް އައްޔަންކުރައްވައިފިޚަބަރު | މަހެއް ކުރިންއީސީގެ މެންބަރުކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފިޚަބަރު | މަހެއް ކުރިންދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިޚަބަރު | މަހެއް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 2 މަސް ކުރިން