logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

ޒިދާން މުޙައްމަދު
6 ޖޫން 2026 - 16:24
ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް އަރުވާފައިވާ އަދި ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ މައްޗަންގޮޅީ އަލިތަރި އިބްރާހީމް ރަޝާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިބްރާހީމް ރަޝާދު ނިޔާވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 78 އަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި އިބްރާހީމް ރަޝާދަކީ، އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކުގައި އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށާއި، ޙިކްމަތްތެރި، ހިންގުންތެރި ޝަޚްޞިއްޔަތެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި ޤައުމަށް ގެއްލިގެން އެދިޔައީ، ބޭނުންތެރި، އަގުހުރި ތަޖުރިބާކާރެއް ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން ޓެކްނޯލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް، ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ކަމަށް ބަޔާންކުރައްވާފައި ވެއެވެ. އަދި ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި އުޞޫލުތަކާއި ހަމަތައް ހިފެހެއްޓެވުމާއި، އަމާނާތްތެރިކަމާއެކުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު، އިބްރާހީމް ރަޝާދު ހޯއްދަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

އަލްމަރްޙޫމް އިބްރާހީމް ރަޝާދަކީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އަދި ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވާފައިވާ ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، ކޮޅުމަޑުލު އަތޮޅުވެރިކަން ހިމެނެއެވެ. އަދި ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމުގެ މަގާމު، 6 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވާފައި ވެއެވެ. އޭގެފަހުން، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

 އަލްމަރްޙޫމް އިބްރާހީމް ރަޝާދު ޚިދުމަތް ފެށްޓެވީ، 26 ޖޫން 1961 ގައި ވުޒާރަތުއްތިޖާރާގެ ކާތިބުކަމުގެ މަގާމުންނެވެ. އޭގެފަހުން، ވުޒާރަތުލް މަޢާރިފްގެ ކާތިބުކަމާއި، ވުޒާރަތުލް މާލިއްޔާ (އ)ގެ ސެކްރެޓަރީ ކަމާއި، އެއަރޕޯޓް އޮފީހުގެ ސެކްރެޓަރީކަން ކުރައްވާފައި ވެއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ސެކްރެޓަރީ ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓަރީ ކަމާއި، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީ ކަމާއި، އެސް.ޓީ.އޯ.ގެ މެނޭޖަރު ކަމާއި، ނޯދަން ރީޖަނަލް އޮފީހުގެ ވަކީލުކަން ކުރައްވާފައި ވެއެވެ. އަދި މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އިސް މަގާމުތަކެއް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ. އެގޮތުން، ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމާއި، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ ވައިސް ޗެއަރމަންގެ މަގާމާއި، ޕްރޮޖެކްޓްސް ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވާފައި ވެއެވެ. އަދި ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުގެ ޑިރެކްޓަރ ކަމުގެ މަގާމުވެސް އަދާކުރައްވާފައި ވެއެވެ. އަދި ޑިޕާޓްމަންޓް އޮފް އިލެކްޝަންސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވާފައި ވެއެވެ.

4 ސެޕްޓެންބަރު 2008 ގައި އަލްމަރްޙޫމް އިބްރާހީމް ރަޝާދު ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުގައެވެ.

އަލްމަރްޙޫމް އިބްރާހީމް ރަޝާދު އަވަހާރަވިއިރު، އަނބިކަނބަލަކާއި، ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 2 ގަޑިއިރު ކުރިންތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 6 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 7 ގަޑިއިރު ކުރިން