މިއަދު 18:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް
8 ޖޫން 2026 - 08:36

މިއަދު ހަވީރު 18:00 އާއި ހަމައަށް ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހު ވަނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށްވެސް ބުނެފައެވެ.އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

Ad by Hajj Corporation
މީގެ އިތުރުން އެ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްްދަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުވެސް ނެރެފައެވެ.މެޓުން ހުދު ސަމާލު ނެރެފައި ވަނީ، ޅ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަަމައަށެވެ.
މެޓުން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭ ވެހުމާއި އެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި އެހެން ސަރަހައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.


