logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ އައު ގަވާއިދެއް އާންމުކޮށްފި

މަރިޔަމް މާޙީ
10 ޖޫން 2026 - 05:59
ކޮންޓްރޯލްޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ ގަވާއިދު އާންމުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ "މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށްފިއެވެ.

2026 ޖޫން 9 ގައި އާންމުކުރި މި ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2011/17) ގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތައް ދެނެގަނެ، އަތުލައިގަތުމަށްޓަކައި ތަޙުޤީޤީ އިދާރާތަކުން ޢަމަލުކުރަންޖެހޭ ސާފު އަދި ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގަވާއިދުގައިވާ ގޮތުން ކޮންޓްރޯލްޑް ޑެލިވަރީގެ އޮޕަރޭޝަންތައް ހިންގޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފުލުހުންގެ އިސް އޮފިސަރެއްގެ ޚާއްޞަ ހުއްދައެއް ލިބިގެންނެވެ. ކޮންމެ އޮޕަރޭޝަނަކަށް ވަކިވަކިން ހުއްދަ ހޯދަންޖެހޭއިރު، އެ ހުއްދަ ދިނުމުގައި މައްސަލައިގެ ބާވަތަށާއި، ސަލާމަތީ ކަންކަމުގެ އިތުރުން ތަޙުޤީޤަށް ލިބިދާނެ ކުރިއެރުމަށް ފުންކޮށް ރިޢާޔަތްކުރަންވާނެއެވެ.

ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމާ ގުޅޭގޮތުން ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ސާމްޕަލް ދިނުމަށް އިންކާރުކުރާކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ވަނީ ކުޑަކޮށްފައެވެ. މީގެ އިތުރުން، ސާމްޕަލް ނެގުމާއި، އުފުލުމާއި، އަދި ރަސްމީ ލެބޯޓްރީއަށް ފޮނުވުމުގައި ޢަމަލުކުރާނެ ހަރުދަނާ ނިޒާމެއް މި ގަވާއިދުގެ ދަށުން ވަނީ ތަޢާރަފުކޮށްފައެވެ. އަދި ތުހުމަތުކުރެވޭ ފަރާތަށް، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ލެބޯޓްރީއަކުން ސާމްޕަލް ތަޙުލީލުކުރުމަށް އެދުމުގެ ޙައްޤު ލިބިދީފައިވެއެވެ.

ތަޙުޤީޤީ އިދާރާތަކުގެ ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން، ހިންގާ އޮޕަރޭޝަންތަކުގެ ފުރިހަމަ ލިޔެކިޔުންތައް ބެލެހެއްޓުމާއި ރިޕޯޓްކުރުން މި ގަވާއިދުން ލާޒިމުކުރެއެވެ. މީގެ ތެރޭގައި، މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރުމާއި، އޮޕަރޭޝަން މެދުކަނޑާލަންޖެހޭ ޙާލަތްތައްވެސް ވަނީ ތަފްޞީލުކޮށްފައެވެ.

މި ގަވާއިދު ޢަމަލީގޮތުން ތަންފީޛުކުރަން ފެށުމަކީ މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މީގެ ސަބަބުން މިފަދަ މައްސަލަތައް ތަޙުޤީޤުކުރުމުގެ ޤާނޫނީ އޮނިގަނޑު ވަރުގަދަވެ، ތަޙުޤީޤީ އިދާރާތަކުން ޖަވާބުދާރީވަނިވި ގޮތެއްގައި މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރި ތާރީޚުން ފެށިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންޓްރޯލްޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ ގަވާއިދު އާންމުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންިޮސްކޭމްކޮށްގެން ބައި ލައްކަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންގިނަ އަދަދެއްގެ ޑްރަގާއިއެކު ދެމީހަކު ހައްޔަރުކޮށް އެކަކުގެ ބަންދަށް 15 ދުވަސްޚަބަރު | 5 މަސް ކުރިންމި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް އިފްތިތާހުކޮށްފިޚަބަރު | 5 މަސް ކުރިން