އަހަރުގެ މިހާތަނަށް، ދެހާހަށް ވުރެ ގިނަ ވައްކަމުގެ މައްސަލަ ހުށަހެޅި
8 އޯގަސްޓު 2026 - 09:41

މި އަހަރުގެ މިހާތަނަށް ފުލުހަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށާއި،އެގޮތުން ވައްކަމުގެ 2،103 މައްސަލައެއް ދިވެހި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ޖުމްލަ ހަތްހާސް ހަސަތޭކަ ސޯޅަ (7،616) މައްސަލަ ހުށަހަޅާފައިވާއިރު، ނިމުނު ޖުލައި މަހު އެކަނި ވަނީ އެއްހާސްއެއްސަތޭކަ ހަތްދިހަ (1،170) އްސަލައެއް ހުށަހަޅާފަ އެވެ. އެއީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ މަހެވެ.

Ad by Hajj Corporation
ހިސާބުތަކަށް ބަލާއިރު، ދެން އެންމެ ގިނަ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ޖަނަވަރީ މަހުގައެވެ. އެގޮތުން އެ މަހު ފުލުހަށް އެއްހާސް އެއްސަތޭކަ އަށް (1،108) މައްސަލަ ހުށަހަޅާފައިވެ އެވެ.
ފެބުރުވަރީ މަހު 954 މައްސަލައެއް ހުށަހެޅިއިރު، މާޗު މަހު ވަނީ 973 މައްސަލަ ހުށަހަޅާފައެވެ. މީގެ އިތުރުން:
އޭޕްރިލް މަހު 1،025 މައްސަލަ
މެއި މަހު 1،56 މައްސަލަ
ޖޫން މަހު 1،104 މައްސަލަ
ޖުލައި މަހު 1،170 މައްސަލަ
މި މަހުގެ ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 226 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެއީ ހުށަހަޅާފައިވާ މައްސަލަތަކުގެ 31.7 އިންސައްތަ އެވެ. އަދި މިބައިން ޖުމްލަ ހުށަހަޅާފައި ވަނީ 371 މައްސަލަ އެވެ.


