logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމުން މިދެކޭ ހަމަޖެހުމާއި އަމާންކަމަކީ ކާބަފައިން ވެވަޑައިގަތް މަތިވެރި ގުރުބާނީގެ ނަތީޖާ: ސީޕީ

އަޙުމަދު ރިޝާން
26 ޖުލައި 2026 - 13:45
ގައުމުން މިދެކޭ ހަމަޖެހުމާއި އަމާންކަމަކީ ކާބަފައިން ވެވަޑައިގަތް މަތިވެރި ގުރުބާނީގެ ނަތީޖާ: ސީޕީ

 

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި އަޒުމުގައި ދިވެހި ފުލުހުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްވައިފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ދިވެހިރާއްޖޭގެ ފަހުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައި، ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިއަދު ގައުމުން މިދެކޭ ހަމަޖެހުމާއި އަމާންކަމަކީ ކާބަފައިން ވެވަޑައިގަތް މަތިވެރި ގުރުބާނީގެ ނަތީޖާ ކަމަށެވެ. އަދި މި މިނިވަންކަން ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެހައި ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ގައުމީ ވާޖިބެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.

 ކޮމިޝަނަރގެ މެސެޖުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ގައުމު ބިނާކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ، ހާއްސަކޮށް ޒުވާނުންގެ ބައިވެރިވުން ނުހަނު މުހިންމުކަން ފާހަގަކުރައްވައި، ސުލްހަވެރި އަދި އަމާން ވެއްޓެއް ގާއިމުކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިލްތިމާސްކުރެއްވިއެވެ.

 ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް، އަދި ފުލުހުންނާއި ސިފައިންގެ އާއިލާތަކަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އައި އެމެރިކާގެ މީހެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނިއްޖެޚަބަރު | 23 ދުވަސް ކުރިންޑްރަގް ވިޔަފާރި ތުހުމަތުގައި ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންސްކޭމް މައްސަލަތަކުގެ ގެއްލުން 35 މިލިއަނަށް، އަނބުރާ ހޯދުނީ 13 މިލިއަން ރުފިޔާޚަބަރު | މަހެއް ކުރިންއަހަރުގެ މިހާތަނަށް، ދެހާހަށް ވުރެ ގިނަ ވައްކަމުގެ މައްސަލަ ހުށަހެޅިޚަބަރު | މަހެއް ކުރިން