logo
Bank of Maldives

Bank of Maldives

ޚަބަރު

މަގާމުގެ ދައުރު އަދާކުރަން ކާރެއް ސެކިއުރިޓީއެއް ބޭނުމެއް ނޫން: ސަލީމް

އައިޝަތު ނަޝާ
10 ޖޫން 2026 - 06:10
މެމްބަރު އަހުމަދު ސަލީމް  ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ.
މެމްބަރު އަހުމަދު ސަލީމް ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ދައުރު އަދާކުރައްވާނީ އާދައިގެ ގޮތެއްގައި ކަމަށްށާއި، ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ކާރާއި ސެކިއުރިޓީ ބޭނުންފުޅު ނުވާ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ.

މަގާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ޕީއެންސީ ހަރުގޭގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަފުޅުކަދައްކަވަމުން ސަލީމް ވިދާޅުވީ އޭނާއަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ ބޭފުލެއް ނޫން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންސީގައި ތިއްބެވީ ގައުމަށް އިހްލާސްތެރި ބޭފުޅުންކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، އެ ޕާޓީގެ މެންބަރުންނަކީ މަގާމުގެ ފެންވަރު މަތިވެގެން އުޅެން ބޭނުންފުޅުވާ ބޭފުޅުންނެއް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން، ސިއްހީ ހާލަތު ހުރި ގޮތުން ގާބިލް އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވުމަކީ އެކަމުގެ ހެއްކެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.ސަލީމް ވިދާޅުވީ ހަގީގަތުގައި އެބޭފުޅާ އެ މަގާމު ބޭނުން ނުވާ ކަމަށާއި، ނަމަވެސް ހާލަތާއި ޕާޓީގެ މަސްލަހަތާއި އެކުވެރިކަން ދެމެހެއްޓުމަށްޓަކައި އެ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށެވެ.

ސަލީމް ވިދާޅުވީ އެބޭފުޅާ މަގާމާ ހަވާލުވީ ޕާޓީގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ކަމަށާއި އެހެން ނޫން ނަމަ އެއީ އެއްވެސް ބޭނުމެއްހުރި މަގާމެއް ނޫން ކަމަށެވެ.

ސަލީމް ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބު ވެވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން މެންބަރު ސަލީމް ވަނީ 2014 ވަނަ އަހަރާއި 2019 އަހަރު އަދި 2024 ވަނަ އަހަރުވެސް މެންބަރުކަމަށް އިންތިޚާބު ވެވަޑައިގެންފައެވެ. މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރު ސަލީމް އިންތިޚާބު ވެވަޑައިގަތީ ޕީޕަލް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މެންބަރެއްގެ ގޮތުގައެވެ.

މެންބަރު ސަލީމަކީ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު 2 ވަނަ ނައިބު ރައީސެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގާމުގެ ދައުރު އަދާކުރަން ކާރެއް ސެކިއުރިޓީއެއް ބޭނުމެއް ނޫން: ސަލީމްޚަބަރު | 4 ގަޑިއިރު ކުރިން