ރާއްޖެ އެތެރެކުރަން އުޅުނު 8.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
10 ޖޫން 2026 - 09:58
(2).jpeg&w=2048&q=75)
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި ރާއްޖެ އައި ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލްއެވެ. މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 8490 ގްރާމް ނުވަތަ 8.4 ކިލޯ ހުރި ކަމަށް ކަަސްޓަމްސްއިން ބުނެފަިވެއެވެ.
މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާ އަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މިއީ، ފަހަކަށް އައިސް ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ބޮޑު ޝިޕްމަންޓެއް ކަމަށްވެސް ކަސްޓަމްސްްއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ތަހުގީގު ކުރިއަށް ގެންދިއުމަށް އަތުލައިގަތް ތަކެއްޗާއި އެތަކެތި އެތެރެކުރި މީހާ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.


