logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއިން އީރާނަށް އާ ހަމަލާތަކެއް ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޖޫން 2026 - 02:44
އެމެރިކާއިން އީރާނަށް އާ ހަމަލާތަކެއް ދީފި

ވޮޝިންޓަނާއި ތެހެރާނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއިން ބުދަ ދުވަހު އީރާނަށް އަސްކަރީ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކާއެކު އީރާނުގެ ދެކުނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފައިވާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް އެމެރިކާގެ ސިފައިން ވަނީ އިރުމަތީ ގަޑިން ހަވީރު 5:15 ހާއިރު އީރާނުގެ އެކި އަމާޒުތަކަށް "އަމިއްލަ ދިފާއުގައި" އިތުރު ހަމަލާތަކެއް ދޭން ފަށާފައެވެ. ސެންޓްކޮމްއިން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މި ހަމަލާތަކަކީ އީރާނުން ހުއްޓުމެއްނެތި ދައްކަމުންދާ އުދުވާނީ އަމަލުތަކަށް ދެވޭ ރައްދެއް" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާތައް އަމާޒުވި

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުރްމުޒްގާން ޕްރޮވިންސްގެ އެކި ސަރަހައްދުތަކުން ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގޮވުންތަކުގެ އަޑު އިވިފައިވެއެވެ. މީގެ ތެރޭގައި މިނާބް ސިޓީ ކައިރީގައިވާ ކަރްގާން ސަރަހައްދަށް ފަސް މިސައިލެއް އަރާފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ބަންދަރު އައްބާސް، ޖާސްކް، ގޭޝްމް އަދި ސިރީކް ސަރަހައްދުތަކުން ވެސް ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ލިބުނު ގެއްލުމުގެ ތަފްސީލެއް އީރާނުގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.

މި ހަމަލާތަކުގެ ކުރިން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ އީރާނުގެ މުހިންމު މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ފްލޮރިޑާގެ މެކްޑިލް އެއަރ ފޯސް ބޭސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ "ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް، އަދި އަޅުގަނޑުމެން އެކަން ކުރާނަން،" ކަމަށެވެ.

އެޕާޗޭ ހެލިކޮޕްޓަރު ވައްޓާލުމާ ގުޅިގެން މަސްރަހު ގޯސްވުން

މި ހަމަލާތައް ދީފައިވަނީ މި ހަފްތާގެ ކުރީކޮޅު އެމެރިކާގެ އަސްކަރީ އެޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލުމުގެ ޒިންމާ އީރާނުގެ ބޮލުގައި އެމެރިކާއިން އެޅުވުމާ ގުޅިގެންނެވެ. ހެލިކޮޕްޓަރު ވެއްޓުނު ސަބަބު ދެނެގަތުމަށް ތަހުގީގުތައް ކުރިއަށްދިޔަ ނަމަވެސް، ރައީސް ޓްރަމްޕް ވަނީ އެއީ އީރާނުގެ އުދުވާނީ އަމަލެއް ކަމަށް ސިފަކުރައްވައި އަސްކަރީ ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އިޒްރޭލާއި އެމެރިކާއިން އީރާނުގެ އަމާޒުތަކަށް ދެމުންދާ ހަމަލާތަކާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފައެވެ. ޑިޕްލޮމެޓިކް ގޮތުން މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ސެންޓްކޮމްއިން ބުނެފައިވަނީ އެ ސަރަހައްދުގައި ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ރައްދު ދިނުމަށް އެމެރިކާގެ ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއިން އީރާނަށް އާ ހަމަލާތަކެއް ދީފިދުނިޔެ | 3 ގަޑިއިރު ކުރިންއެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން އެމެރިކާ އާއި އީރާނުން ވަރުގަދަ ހަމަލާތަކެއް ފަށައިފިދުނިޔެ | ދުވަހެއް ކުރިންއީރާނާއި އިސްރާއީލުން އަލުން ހަނގުރާމަ ފަށައި މެދުއިރުމަތީގެ މަސްރަހު ހޫނުވެއްޖެދުނިޔެ | 3 ދުވަސް ކުރިންއެމެރިކާއިން އީރާނުގެ ޑްރޯންތަކެއް ވައްޓާލުމުން އީރާނުން ކުވޭތާއި ބަހުރޭނަށް ހަމަލާދީފިދުނިޔެ | 5 ދުވަސް ކުރިން