logo
Bank of Maldives

Bank of Maldives

ޚަބަރު

ފިނޭންސް މިނިސްޓަރ ޒަރީރަށް އެ މިނިސްޓްރީން ހޫނު މަރުހަބާއެއް ކިޔައިފި

އައިޝަތު ނަޝާ
11 ޖޫން 2026 - 05:30
ފިނޭންސް މިނިސްޓަރ ޒަރީރަށް އެ މިނިސްޓްރީން ހޫނު މަރުހަބާއެއް ކިޔައިފި

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސް، އަލްފާޟިލް ހަސަން ޒަރީރަށް، މިނިސްޓްރީގެ މުވައްޒަފުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފިނޭންސް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި، އަލްފާޟިލް މޫސާ ޒަމީރު މިމަހުގެ 8 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، މިނިސްޓަރ ކަމުގެ މަޤާމަށް، ރައީސުލްޖުމްޙޫރިއްޔާ އަލްފާޟިލް ހަސަން ޒަރީރު އައްޔަންކުރެއްވެވީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ޒަރީރު އަކީ ފައިނޭންސް، ޓެކްސޭޝަން، އޮޑިޓިންގ އަދި ކޮމްޕްލަޔަންސްގެ ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މިނިސްޓަރ ޒަރީރު މީގެ ކުރިންވަނީ، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހިމެނޭހެން، ދައުލަތުގެ އިސް އެތައް މަޤާމުތަކެއް ފުރުއްވާފައެވެ. މީގެ އިތުރަށް ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރ އޮފް ފައިނޭންސް (ގްރޫޕް ޝެއާޑް ފައިނޭންޝަލް ސަރވިސަސް) އަދި ގްރޫޕް ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަޤާމު ހިމެނެއެވެ.

މީގެ އިތުރަށް، 2024 މާރިޗު 7 އިން 2024 މޭ 23 އަށް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަންގެ މަޤާމުވެސް މިނިސްޓަރ ވަނީ ފުރުއްވާފައެވެ.

މިނިސްޓަރ ޒަރީރް މިނިސްޓްރީގެ ހިންގުމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމާއި، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އިޞްލާޙުކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދި، މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުން މިނިސްޓަރ ޒަރީރަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިނޭންސް މިނިސްޓަރ ޒަރީރަށް އެ މިނިސްޓްރީން ހޫނު މަރުހަބާއެއް ކިޔައިފިޚަބަރު | ގަޑިއިރެއް ކުރިން