logo
MPL

MPL

ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ރުފިޔާ ބަހައިފި

އައިޝަތު އިނާޝާ
11 ޖޫން 2026 - 11:29
މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ރުފިޔާ ބަހައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހައިފިއެވެ.

ޒަކާތު ހައުސްއިން ބުނިގޮތުގައި 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ވަނީ ޖަމާކޮށްދީފައެވެ. އެއީ އެކު ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަކާތު ހައުސްއިން ބުނީ މިއަހަރު ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު ޢަދަދުވެސް ކަމަށެވެ.

2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 5,500 ދިވެހި ރުފިޔާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކާތު ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިޚަބަރު | މަހެއް ކުރިންޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހަ ކުއްޖަކު އިންޑިއާ އަށް ފޮނުވަނީޚަބަރު | 2 މަސް ކުރިންމުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ރުފިޔާ ބަހައިފިޚަބަރު | 2 މަސް ކުރިންޒަކާތު ހައުސްގެ ސްކޮލަރޝިޕްގައި އިސްލާމް ނޫން ދާއިރާތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅޭނެޚަބަރު | 3 މަސް ކުރިން