logo
Bank of Maldives

Bank of Maldives

ޚަބަރު

މަރުޙޫމް އަޙްމަދު މޫސާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ

ޒިދާން މުޙައްމަދު
12 ޖޫން 2026 - 14:12
މަރުޙޫމް އަޙްމަދު މޫސާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ

ފާފު އަތޮޅު ނިލަންދޫގެ ތަރައްޤީއަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، އެރަށު އަތިރީގޭ އަލްމަރުޙޫމް އަޙްމަދު މޫސާ (ކަތީބު ދޮންބެ) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރުޙޫމުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢުމުރުފުޅުން 100 އަހަރުގައި އަޙްމަދު މޫސާ އަވަހާރަވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ކަތީބު ދޮންބެ" އަކީ އަމާނާތްތެރިކަމާއި، ހިތްޕުޅުހެޔޮކަމުގެ ރީތި ނަމޫނާއެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ތަފާތު މަސައްކަތްތައް ކުރެއްވުމުގެ ހުނަރު ލިބިވަޑައިގެންފައިވާ، މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށާއި، އެއީ މުޅި ދިވެހިރާއްޖެވެސް ނަމޫނާއަކަށް ބަލަންޖެހޭ ފަދަ ޚިދުމަތްތެރިއެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިލަންދޫގެ ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަޙްމަދު މޫސާއަކީ 1992 ވަނަ އަހަރު ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމުވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަޙްމަދު މޫސާގެ އުފަން ދަރީންނާއި، ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައި ތަޢުލީމީ ޤާބިލު، ޤައުމީ ޚިދުމަތްތެރީންތަކެއް ތިއްބެވުމަކީ އެމަނިކުފާނުގެ ޙަޔާތްޕުޅުގައި ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މަރުޙޫމް އަޙްމަދު މޫސާއަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ދެއްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރުޙޫމް އަޙްމަދު މޫސާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާޚަބަރު | ގަޑިއިރެއް ކުރިން16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެޕްތަކެއް މަނާކުރުން: ރައްކާތެރި ޑިޖިޓަލް ޖީލެއް ބިނާކުރުމަށް އެޅޭ ބިންގަލެއްރިޕޯޓް | 9 ގަޑިއިރު ކުރިންމަރްހޫމް އާސިފް ގެ އާއިލާއަށް ރައީސް ގެ ތައުޒިޔާޚަބަރު | ދުވަހެއް ކުރިންރައީސް ވިދާޅުވީ ޓީމަކީ އާޖެންޓީނާ ކަމަށް، އެކަމަކު ތަށި ނެގުމުގެ ފުރުސަތު ބޮޑީ ފްރާންސް ކަމަށް!ޚަބަރު | 2 ދުވަސް ކުރިން