logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ވިދާޅުވީ ޓީމަކީ އާޖެންޓީނާ ކަމަށް، އެކަމަކު ތަށި ނެގުމުގެ ފުރުސަތު ބޮޑީ ފްރާންސް ކަމަށް!

ޒިދާން މުޙައްމަދު
10 ޖޫން 2026 - 18:25
ރައީސް ވިދާޅުވީ ޓީމަކީ އާޖެންޓީނާ ކަމަށް، އެކަމަކު ތަށި ނެގުމުގެ ފުރުސަތު ބޮޑީ ފްރާންސް ކަމަށް!

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުންނެވީ "ލިއޮނަލް މެސީގެ ޓީމު" ނުވަތަ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ފަހަތުގައިކަން އެމަނިކުފާނު ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ތަފާތު ޙަރަކާތެއްގެ ތެރެއިން، ވޯލްޑް ކަޕްގެ ރަސްމީ ބޯޅައެއްގައި ސޮއިކުރައްވަމުން ރައީސް ވަނީ އެމަނިކުފާނުގެ ފުޓުބޯޅަ ފޭން-ލައިފްގެ ސިއްރުތައް ހިއްސާކުރައްވާފައެވެ. ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާޖެންޓީނާގެ ސަޕޯޓަރަކަށް އެމަނިކުފާނު ބަދަލުވީ ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާގެ ޖާދޫގައި ޖެހުނު ހިސާބުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ރައީސްގެ ފޭން-ލިސްޓު އެހިސާބުން ނިމުނީއެއް ނޫނެވެ. ކިޔަވާވިދާޅުވާން އިނގިރޭސިވިލާތުގައި ހޭދަކުރެއްވި ދުވަސްތަކާއި، މެންޗަސްޓަރ ޔުނައިޓެޑަށް އޮތް ލޯތްބެއްގެ ސަބަބުން، އާޖެންޓީނާ ކަޓައިފިނަމަ ރައީސް ދެން ސަޕޯޓުކުރައްވާނީ އިނގިރޭސިވިލާތަށެވެ.

މުބާރާތުގެ ތަށި އުފުލާލާނެ ޓީމަކާ މެދު ކުރެވުނު ސުވާލަށް ރައީސް ދެއްވީ ފަންނީ ޖަވާބެކެވެ. އެމަނިކުފާނު ލަފާކުރައްވާ ގޮތުގައި ފްރާންސަކީ ތަށި ހޯދުމުގެ އެންމެ ބޮޑު ފުރުޞަތެއް އޮތް ޓީމެވެ. އަދި ހީނުކުރާ ފަދަ ނަތީޖާއަކާއެކު ނެދަލެންޑްސްއިން ދުނިޔެ ހައިރާންކޮށްލުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މެޗުތައް ކުޅޭ ގަޑިތަކުގެ ސަބަބުން ބައެއް ފޯރިގަދަ ކުރިމަތިލުންތައް ޝެޑިއުލްގެ ތެރެއިން ގެއްލިދާނެ ކަމުގެ ބިރު އޮތް ނަމަވެސް، ދިވެހި ސަޕޯޓަރުންނަށް ވޯލްޑް ކަޕްގެ ފޯރި އެންމެ ފުރިހަމައަށް ލިބޭނެ އިންތިޒާމުތައް ހުންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 12 ގަޑިއިރު ކުރިންސިފައިންގެ އަސާސީ ތަމްރީން ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | 17 ގަޑިއިރު ކުރިން"އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ކުންފުންޏެއް އުފައްދަވައިފިޚަބަރު | 17 ގަޑިއިރު ކުރިންދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 66 ފަރާތަކަށް ދިނުމަށް ނިންމައިފިޚަބަރު | 2 ދުވަސް ކުރިން