logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެ ގިނަދުވަހު ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވުމުގެ ޝަރަފް ލިބުމުން މޯދީއަށް ރައީސް ގެ މަރުހަބާ

އައިޝަތު ނަޝާ
10 ޖޫން 2026 - 04:46
އެންމެ ގިނަދުވަހު ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވުމުގެ ޝަރަފް ލިބުމުން މޯދީއަށް ރައީސް ގެ މަރުހަބާ

އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވި ބޭފުޅާގެ ޝަރަފު ލިބިވަޑައިގަތުމާއި ގުޅިގެން ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވި ބޭފުޅާގެ ޝަރަފު ހޯއްދެވި ކަމަށްޓަކައި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިޚްލާޞްތެރި މަރުޙަބާއެއް ދަންނަވާކަމަށެވެ.

View post on Twitter
Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖެއާއި އިންޑިއާއާއި ދެ ޤައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، އިސްތިޤްލާލީ ހަމަހަމަކަމާއި، އަދި ދެފަރާތުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އުންމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ނަރެންދުރަ މޯދީ އައްޔަންކޮށްފައިވަނީ 26 މެއި 2014 ވަނަ އަހަރުއެވެ. މޯދީ ވަނީ 3 ވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމަށް އައްޔަންވެފައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ވަނީ ވެފައެވެ. މި ގުޅުން މިއަދާއި ހަމައަށްވެސް ދެގޮތެއް ނުވެ ދަނީ ކުރިއަށްދަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ޗައިނާގެ އެކުވެރިކަމަކީ މުސްތަޤުބަލުގެ ފާގަތިކަމަށް މަގުފަހިކޮށްދޭ ވަރުގަދަ ގުޅުމެއް: ރައިސް ޚަބަރު | 5 ގަޑިއިރު ކުރިންއިންޑިއާގެ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވްވެއްޖެޚަބަރު | 7 ގަޑިއިރު ކުރިންރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | ދުވަހެއް ކުރިން''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''ޚަބަރު | ދުވަހެއް ކުރިން