logo
Bank of Maldives

Bank of Maldives

ޚަބަރު

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފި

މަރިޔަމް މާޙީ
13 ޖޫން 2026 - 03:56
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ދ. މީދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށައިފިއެވެ.

މި އިންތިޚާބަކީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެން، އެ މައްސަލަ ހައިކޯޓަށް ހުށަހެޅި، ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން އަލުން ބާއްވާ އިންތިޚާބެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިޚާބުގެ ވޯޓުލުން މީދޫގައި ބަހައްޓާފައިވާ ދެ ފޮށީގެ އިތުރުން، މާލޭގައި ދިރިއުޅޭ މީދޫ ރައްޔިތުންނަށް ޚާއްޞަކޮށް ދަރުމަވަންތަ ސްކޫލުގައި ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 1،049 މީހުންނަށް ލިބިގެންވެއެވެ.

މީދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑިއަށް ވާދަކުރައްވަނީ:

  1. މުޙައްމަދު ޝާހިދު - މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)
    2. ސުހާ އިބްރާހީމް - ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)


މިދިޔަ އޭޕްރިލް މަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިޢުލާނު ކުރިއިރު، 393 ވޯޓާއެކު އެއް ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމެވެ. އެވަގުތު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ.

ނަމަވެސް، ލ. ފޮނަދޫގައި ހުރި ފޮއްޓަށް ވޯޓުލުމުގެ ޙައްޤު ނެތް މީހަކު ވޯޓުލާފައިވާ ކަމަށް ބުނެ އެމްޑީއޭ އިން މައްސަލަ ހުށަހެޅިއިރު، ސުހާގެ ފަރާތުން ވެސް ވަނީ ޝާހިދުގެ ބާތިލު ވޯޓަކާ ގުޅޭ ޝަކުވާއެއް ހުށަހަޅާފައެވެ. އެ ޝަކުވާތަކަށް ރިޢާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިޞްލާޙު ކުރިއިރު، ޝާހިދު އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް ނިންމެވިއެވެ.

އެ ނިންމުމާ ގުޅިގެން، އޭނާގެ ވޯޓެއް ނުޙައްޤުން ބާތިލުކުރި ކަމަށް ބުނެ ސުހާގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ނިންމީ އެއީ ޞައްޙަ ވޯޓެއް ކަމަށެވެ. ހައިކޯޓުގެ މި ނިންމުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓުގެ އަދަދު 392 އިން އެއްވަރުވުމުން، މިއަދު އަލުން އިންތިޚާބު ބާއްވަން ވަނީ މަޖުބޫރުވެފައެވެ.

މިއަދުގެ ވޯޓުލުން މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 7 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނަން ފަށައިފިޚަބަރު | 7 ދުވަސް ކުރިންއައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 62 އިންސައްތަ މީހުން ވޯޓުލައިފިޚަބަރު | 7 ދުވަސް ކުރިން