logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޕޭސްއެކްސް ހިއްސާގެ ބާޒާރަށް ނިކުތުމާއެކު، ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޮން މަސްކް!

މަރިޔަމް މާޙީ
13 ޖޫން 2026 - 04:11
ސްޕޭސްއެކްސް ހިއްސާގެ ބާޒާރަށް ނިކުތުމާއެކު، ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޮން މަސްކް!

ދުނިޔޭގެ މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ ފަޒާގެ ދާއިރާއަށް ޚާއްޞަ ކުންފުނި "ސްޕޭސް އެކްސް" ހިއްސާގެ ބާޒާރަށް ނެރުމާއެކު، އޭނާގެ މިލްކިއްޔާތުގެ އަގު 1 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ.

މިއާއެކު އީލޮން މަސްކް ވެފައިވަނީ އިންސާނީ ތާރީޚުގައިވެސް މިފަދަ ބޮޑު މުއްސަނދިކަމެއް ހާސިލުކުރި ފުރަތަމަ ފަރުދަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިއްސާގެ ބާޒާރުގައި ސްޕޭސް އެކްސްގެ އަގު ހީނުކުރާހާ ބާރުމިނެއްގައި އުފުލިގެން ދިޔުމާއެކު، އެ ކުންފުނީގެ ޖުމްލަ އަގު މިހާރު ވަނީ 2 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މާލީ މާހިރުން އަންދާޒާކުރާ ގޮތުގައި، ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަ މަސްކުގެ އަމިއްލަ މުއްސަނދިކަން މިހާރު ގާތްގަނޑަކަށް 1.1 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. މި ކުރިއެރުމާއެކު އޭނާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އިތުރަށް ވަރުގަދަކޮށްފައެވެ.

ސްޕޭސް އެކްސްގެ އައި.ޕީ.އޯ (އިނީޝަލް ޕަބްލިކް އޮފަރިން) އަކީ ތާރީޚުގައި މިހާތަނަށް ހިއްސާގެ ބާޒާރަށް ނެރުނު އެންމެ ބޮޑު އިންވެސްޓްމަންޓްގެ ގޮތުގައި ބެލެވެއެވެ. މި ހިއްސާ ތަކުން ގާތްގަނޑަކަށް 75 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދާފައިވާއިރު، ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންގެ ފަރާތުން ކުންފުންޏަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އަލުން ބޭނުންކުރެވޭ ރޮކެޓްތަކާއި، ސްޓާލިންކް ސެޓެލައިޓް ނެޓްވޯކް، އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެ ކުންފުނިން ހޯދަމުންދާ ކާމިޔާބީތަކަކީ ކުންފުނީގެ އަގު އުފުލިގެން ދިޔަ މައިގަނޑު ސަބަބުތަކެވެ.

މަސްކު "ޓްރިލިއަނަރަކަށް" ވުމަކީ ދުނިޔޭގެ އިގްތިސާދީ ތާރީޚުގައި އައި އާ އިންގިލާބެކެވެ. މިއީ ޓެކްނޮލޮޖީގެ އައު އީޖާދުތަކުގެ ސަބަބުން އުފެދޭ ބޮޑު މަންފާގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ މީގެ ސަބަބުން މުއްސަނދިންނާއި ފަގީރުންގެ މެދުގައި އޮތް ފަރަގު އިންތިހާއަށް ބޮޑުވެ، ދުނިޔޭގެ އިގްތިސާދީ ބާރު މަދު ބައެއްގެ އަތްމައްޗަށް ޖަމާވަމުންދާ ކަމަށެވެ.

މި ބޮޑު ކާމިޔާބީ މަސްކު ހާސިލުކޮށްފައިވަނީ 2002 ވަނަ އަހަރު ސްޕޭސް އެކްސް އުފެއްދިތާ ވިހި އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އޭނާ ވަނީ ކުޑަ ރޮކެޓް ކުންފުންޏެއްގެ ގޮތުގައި ފެށި މި މަސައްކަތް، ފަޒާގެ ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ހިއްސާގެ ބާޒާރުގައި އެންމެ އަގުބޮޑު އެއް ވިޔަފާރިއަށް ބަދަލުކޮށްލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕޭސްއެކްސް ހިއްސާގެ ބާޒާރަށް ނިކުތުމާއެކު، ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޮން މަސްކް!ޚަބަރު | 2 ގަޑިއިރު ކުރިންކުޑަކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައިގައި ފަރަންސޭސިވިލާތުގެ އަދުލު އިންސާފުގެ ނިޒާމާ ދެކޮޅަށް މުޒާހަރާކޮށްފިދުނިޔެ | 4 ދުވަސް ކުރިންފިލިޕީންސްގެ ދެކުނަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފިދުނިޔެ | 5 ދުވަސް ކުރިންސްޕެއިންގެ ބޮޑުވަޒީރުގެ ޕާޓީގެ ހެޑްކުއާޓަރަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފިދުނިޔެ | 17 ދުވަސް ކުރިން