logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް. އެއްވަނައަށް ދާ ޓީމަކަށް 30،000

އައިޝަތު ނަޝާ
14 ޖޫން 2026 - 11:25
ރާއްޖޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް. އެއްވަނައަށް ދާ ޓީމަކަށް 30،000

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަރުމަސްވެރިކަމުގެ މުބާރާތެއް ހުރިހާ ރަށަކަށް ހުޅުވައިލައިގެން އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގައި މާލޭ ސަރަހައްދުން ބައިވެރިވެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށް ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ބުދަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް، މިނިސްޓްރީން ވަނީ އެދިފައެވެ.

މި މައުލޫމާތާއެކީ މިނިސްޓްރީން އާންމުކުރި ގަވައިދުގައިވާ ގޮތުން، މުބާރާތް ކުރިއަށް ދާނީ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު ނުވައެއް ޖެހުމާ ހަމައަށެވެ. ރަށްރަށުގައި ބައިވެރިވާނެ ޓީމުތަކުގެ އަދަދު ކަނޑައަޅާނީ ރަށްރަށުގެ ކައުންސިލުތަކުން ކަމަށް، މުބާރާތުގެ ގަވައިދުގައިވެއެވެ.

ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭ މި މުބާރާތުގެ ކޮންމެ ޓީމެއްގައި މެނޭޖަރަކާއެކު ގިނަވެގެން ހިމެނޭނީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި އުޅަނދުގެ ފަތުރުވެރިން ނުހިމެނޭނެއެވެ.

މި މުބާރާތުގައި، މަސްވެރިކަމުގެ ގަވައިދުތަކުން މަނާކޮށްފައިވާ އެއްވެސް ބާވަތެއްގެ މަހެއް ހިފުމާއި ބޭނުންކުރުން، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން މަސް ބޭނުން، އަދި ފަޅުވެރިން މަސްވެރިކަމުގެ ހަރަކާތްތަކުގައި ބައިވެރިވުން މަނާވާނެއެވެ.

މި މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 30،000 ރުފިޔާ، ދެވަނައަށް ދާ ޓީމަކަށް 25،000 ރުފިޔާ، އަދި ތިންވަނައަށްދާ ޓީމަކަށް 20،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބަރު މަސް ބޭނި މަސްވެރިޔާއަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ އަށްވަނަ ދުވަހެވެ. ކަނޑުތަކުގެ ދުވަސް ފާހަގަކުރަން ފެށީ 1992ވަނަ އަހަރުން ފެށިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް. އެއްވަނައަށް ދާ ޓީމަކަށް 30،000 ޚަބަރު | 2 ގަޑިއިރު ކުރިންދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކޮށްފި ޚަބަރު | އަހަރެއް ކުރިން