logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީން ހަތަރު މީހުން ހައްޔަރުކޮށްފި

އައިޝަތު އިނާޝާ
16 ޖޫން 2026 - 07:56
މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީން ހަތަރު މީހުން ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި 4 މީހުން ހައްޔަރުކޮށްފައިވަނީ ގަން ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ސައުތު ޕޮލިސް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމު އަދި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި މަހު 14 ވަނަ ދުވަހު ހިންގި އެ ދެ އޮޕަރޭޝަންގެ ތެރެއިން އެއް އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފޭދޫ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.8 ގުރާމެވެ.

 މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒރުކުރުމުން ސ. ފޭދޫ / ހަނދުވަރު، އަޙްމަދު ލީން ފާރޫޤު (27އ) އާއި ސ. މަރަދޫފޭދޫ / ސޭންޑީބީޗް، ޢަބްދުﷲ ފަޒީން (41އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އަނެއް މީހާވަނީ ކޯޓުން ދޫކޮށްލާފައެވެ.

 މަރަދޫފޭދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ  ސ. މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އެވެ. އެ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 2.81 ގުރާމެވެ.

 މި މައްސަލައާ ގުޅިގެން އަޙްމަދު ޝަރަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

 މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފުހުމުގެ މަސައްކަތް ފަށައިފިޚަބަރު | 16 މިނިޓު ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީން ހަތަރު މީހުން ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންވައިކަރަދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | ދުވަހެއް ކުރިންޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައި ރައީސްގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިޚަބަރު | 3 ދުވަސް ކުރިން