ވަޒީރު ރާފިޢު، ހއ. އުތީމު ކައުންސިލާ ބައްދަލުކުރައްވައިފި
18 ޖޫން 2026 - 17:07

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި ހއ. އުތީމު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވުޒާރާގެ އިސްވެރިންނާއި އުތީމު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އުތީމަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ ރަށުގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް، ދަނޑުގައި ލައިޓް ހަރުކުރުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

Ad by Hajj Corporation
އަދި އެ ރަށުގައި ދުޅަހެޔޮ، ހަށިހެޔޮ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށް ކުޅިވަރާއި ކައުންސިލާ ގުޅިގެން ކުރެވިދާނެކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނެވެ.މީގެ އިތުރުން އުތީމު ފުޓްސަލް ދަނޑުގެ މަސައްކަތް ނުފެށި ލަސްވެފައިވާކަން ފާހަގަކުރައްވާ މި މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވުމަށް ކައުންސިލުންވަނީ އެދިލައްވާފައެވެ.
ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ އިތުރުން އެ ރަށުގެ ކުޅިވަރު ކަންކަމަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢުވަނީ އުތީމު ކައުންސިލުން ފާހަގަކޮށްފައިވާ ކުޅިވަރު މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށްދިޔުމުގައި ކުޅިވަރު ވުޒާރާއިން ކުރައްވަމުން އަންނަ މަސައްކަތް ކައުންސިލާ ހިއްސާކުރައްވާފައެވެ.


