logo
MPL

MPL

ޚަބަރު

މަޝްރޫއުތައް އަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހުން އުތުމީ ކައުންސިލުން އެދިފި

އަޙުމަދު ރިޝާން
15 އޯގަސްޓު 2026 - 12:57
 މަޝްރޫއުތައް އަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހުން އުތުމީ ކައުންސިލުން އެދިފި

 

ރަށުގައި ފަށާފައިވާ މަޝްރޫއުތައް އަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުން އުތުމީ ކައުންސިލުން އެދިފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރަށު ތަރައްޤީގެ ބޭނުންތަކާއި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވަވާފަ އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު އުތީމު ކައުންސިލް އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ވަނީ، ރަށު ބަނދަރާއި ބަންޑާރަ މިސްކިތުގެ މަސައްކަތް އަވަސް ފުރުސަތެއްގައި ފެށިގެން ދިއުމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ. ކައުންސިލް މެންބަރުން ވަނީ ސްޓޭޓް ހައުސްގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުންފިލުއްވައި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ރަށު ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ރަށު ޞިއްޙީ މަރުކަޒުގައި ނަރުހުންގެ ޢަދަދު މަދުކަމަށާއި މުވައްޒަފުންގެ ދަތިކަން އޮތް މިންވަރު މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވެ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ޖުމްލަ ގޮތެއްގައި ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުތީމުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފިޚަބަރު | 26 މިނިޓު ކުރިންރާއްޖެ ހަމަ މަގަށް ގެންދިއުމުގެ ހުރިހާވެސް ބާރެއް އޮތީ ދަރިވަރުންގެ އަތްމަތީގައި: ރައީސްޚަބަރު | 32 މިނިޓު ކުރިން މަޝްރޫއުތައް އަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހުން އުތުމީ ކައުންސިލުން އެދިފިޚަބަރު | ގަޑިއިރެއް ކުރިންބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު ދައްކައިދޭ "ވާހަކަ ވައު" ރައީސް ހުޅުއްވައިދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިން