logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި މާރާމާރީއެއް ހިނގައި އެކަކު ހޮސްޕިޓަލްގައި، ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖޫން 2026 - 17:10
ހުޅުމާލެ ފޭސް ދެއެއްގެ ހިއްކި ބިން، ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފޭސް ދެއެއްގެ ހިއްކި ބިން، ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ހިއްކި ބިމުގައި މިރޭ ހިނގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެ މާރާމާރީއާއި ގުޅިގެން އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ އިރުއޮއްސި 18:37 އެހާކަންހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ.

 ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ދެ މީހުންގެ ހާލުވެސް ސީރިއަސްއެއް ނޫނެވެ.

ފުލުހުން ވިދާޅުވީ، ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން 21 އަހަރުގެ މީހާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އެ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިތުރު މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި މާރާމާރީއެއް ހިނގައި އެކަކު ހޮސްޕިޓަލްގައި، ތުހުމަތުވާ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފިޚަބަރު | 3 ދުވަސް ކުރިން