logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި

އައިޝަތު އިނާޝާ
25 ޖޫން 2026 - 11:24
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި "ފޭޝަލް ރިކޮގްނިޝަން ސިސްޓަމް" ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް ހޯލްގަ މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ދައުލަތާ މި ސިސްޓަމް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯއެވެ.

އަދި ދިވެހި ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން މި ސިސްޓަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، (ރިޓަޔަރޑް) އަޙްމަދު ފަޞީޙްގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ޖަޕާނު ސަރުކާރުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

މި ސިސްޓަމަކީ ރާއްޖޭގެ އެއަރޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު އަވަހަށް ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޖަޕާނު ސަރުކާރުން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ވެދެއްވި މި އަގުހުރި އެހީތެރިކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

މި އައު ސިސްޓަމްގެ ސަބަބުން ބޯޑަރު މެނޭޖްމަންޓް ވަރުގަދަވެ، ކިއޫތަކުގައި މަޑުކުރަންޖެހޭ ވަގުތު މަދުވެ، އެއަރޕޯޓުގެ ޚިދުމަތްތަކުގެ ހަލުވިކަމާއި ރައްކާތެރިކަން ދުނިޔޭގެ ފެންވަރަށް މަތިވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއްޚަބަރު | މަހެއް ކުރިން