logo
MPL

MPL

ޚަބަރު

ވަރަ އެކްސްޕޯ 2026، މިމަހުގެ 26 އިން 28 އަށް ސެންޓްރަލް ޕާކުގައި

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
16 ނޮވެމްބަރު 2026 - 11:22
 ވަރަ އެކްސްޕޯ 2026، މިމަހުގެ 26 އިން 28 އަށް ސެންޓްރަލް ޕާކުގައި

ޒުވާނުންނާއި ވަޒީފާ ހޯދާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ ހުނަރާއި ކެރިއާގެ ޤައުމީ މަޢުރަޒު، "ވަރަ އެކްސްޕޯ 2026"، ނޮވެމްބަރު 26 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެކްސްގަ ކުރި ޕޯސްޓެއްގަ ބުނެފައި ވަނީ މި އެކްސްޕޯ ވެގެންދާނީ ބައިވެރިންނަށް ތަފާތު އެކި ދާއިރާތަކުން ކެރިއަރުގެ މަގުތައް ހޯދައި، އައު ހުނަރުތައް ތަރައްޤީކޮށް، ވަޒީފާދޭ ފަރާތްތަކާއި، ތަޢުލީމީ މުއައްސަސާތަކުގެ އިތުރުން ދާއިރާގެ އިސްފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި އީޖާދީ ކަންކަމާއި، ހުނަރު ތަރައްޤީކުރުމާއި، ކެރިއަރުގެ ކުރިއެރުމާ ގުޅޭ ފުރުސަތުތައް އެއްތަނަކުން ފަހިވެ، ވަޒީފާގެ ބާޒާރުގައި ހުރި އައު ފުރުސަތުތައް ދެނެގަތުމަށް ބައިވެރިންނަށް މަގުފަހިވެގެންދާނެއެވެ.

މި ދުވަސްތަކުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް މި އެކްސްޕޯ އާންމުންނަށް ހުޅުވާލެވިފައި ވާއިރު އެންމެނަށް ހިލޭ ބައިވެރިވެވުމުގެ ފުރުސަތު ލިބޭނެކަން މިނިސްޓްރީން ވަނީ ބުނެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރަ އެކްސްޕޯ 2026، މިމަހުގެ 26 އިން 28 އަށް ސެންޓްރަލް ޕާކުގައިޚަބަރު | 24 މިނިޓު ކުރިންޑީއެންއާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީޚަބަރު | 3 މަސް ކުރިންޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފިޚަބަރު | 5 މަސް ކުރިން"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއްޚަބަރު | 6 މަސް ކުރިން