logo
Bank of Maldives

Bank of Maldives

ޚަބަރު

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މައުލޫމާތު އެއްކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފި

ޒިދާން މުޙައްމަދު
26 ޖޫން 2026 - 13:00
ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މައުލޫމާތު އެއްކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފި

ދިވެހިރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާ ގުޅޭ ހާއްސަ ގަވާއިދެއް އެކުލަވާލައި، މިއަދު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފިއެވެ. މިއަދުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު، މިއީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ތަންފީޒު ކުރާނެ ގަވާއިދެކެވެ.

މި ގަވާއިދަކީ ކްލައިމެޓް އިމަރޖެންސީ ގާނޫނުގެ 22 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މިންކޮށް، ދަފުތަރުކޮށް އަދި އެ މިންވަރު ކަށަވަރު ކުރުމާ ގުޅޭ އިދާރީ އިންތިޒާމުތަކާއި އިޖުރާއަތުތައް ބަޔާންކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގަވާއިދުގެ ދަށުން، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ބެލެހެއްޓުމަށާއި، އެ މައުލޫމާތު އެއް އިދާރާއިން އަނެއް އިދާރާއަށް ހިއްސާކުރާނެ މަރުހަލާތައް ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއިން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އަދާހަމަކުރުމަކީ ވެސް މި ގަވާއިދުގެ މުހިންމު މަގުސަދެކެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި ގިނަ މަސްލަހަތުވެރިންތަކެއް ބައިވެރިވާންޖެހެއެވެ. އޭގެ ތެރޭގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ކަސްޓަމްސް ސަރވިސް، ސިނާއީ އަދި މެނުފެކްޗަރިން ދާއިރާގެ ފަރާތްތަކާއި، އެއާޕޯޓުތައް ހިންގާ ފަރާތްތަކުގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތައް ހިމެނެއެވެ.

މީގެ އިތުރުން، ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަން ސަރވިސްކުރާ ފަރާތްތަކާއި، ހަކަތައިގެ ބާވަތްތައް އެތެރެކުރާ އަދި އުފައްދާ ފަރާތްތަކުން ވެސް މި ގަވާއިދުގެ ދަށުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެއެވެ. މި އިންތިޒާމުގެ ސަބަބުން ރާއްޖޭގެ ވިހަ ގޭހުގެ ހާލަތު ދެނެގަތުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މައުލޫމާތު އެއްކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން